1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ، އަތްލެވޭ ތަރައްގީގެ އަހަރަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް: އަބްދުއްރަހީމް

ad0
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަޙީމް އަބްދުﷲ
މަރްޔަމް ޝަފާ ސައީދު
273ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ އަތްލެވޭ ތަރައްގީގެ އަހަރަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ފާއިތުވި އެއް އަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސް ހާސިލުކުރެއްވި ކަމަށެވެ.

"ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އެއްޗެއް ނޫން. ބައެއް ކާމިޔާބީތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫން," މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ޔަގީން ކުރުމަށާއި، ދީނީ ވަހުދަތު ހިމާޔަތްކޮށް ގައުމިއްޔަތު ކުރިއެރުވުމާއި މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތްތައް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

300 × 250

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި އެއް ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށާއި، އެކަން މިހާރު ނިމުމަކަށް ގެންނެވިކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ އިޤްތިސާދީ ވިސްނުމަކުން ވިސްނާއިރު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ބޭރު ސިފައިން ރާއްޖެއިން ފޮނުވާލިކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ދުރެއް ގާތެއް ނުބައްލަވާ ޤައުމުގެ މައިގަނޑު އަސާސްތަކަށް އިޙްތިރާމްކުރާ، އެންމެންނާއެކު ގުޅުން ޤާއިމުކުރެއްވިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަމާންވެއްޓެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި. އެ ވައުދުވެސް އެމަނިކުފާނު ފުއްދެވި," ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ކާމިޔާބު ވެރިކަމެއް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ޖެއްސުންކުރާ މަޖިލީހަކަށްވެއްޖެނަމަ އަދި މަޖިލީހުގެ ރިޔާސަތުގައި އިންނަ މީހަކީ އަމިއްލަ ގޮތްތައް ގެންގުޅޭ މީހަކަށްވެއްޖެނަމަ ސަރުކާރަށް ބައެއް ކަންކަމުގައި ވަރަށް އުނދަގޫވާނެކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބޭނުންފުޅުވަނީ ގޮންޖެހުންތަކާއި ކުރިމަތިލައިގެން ކަންކަން ހާސިލްކުރެއްވުމަށްކަމަށެވެ.

"މަޖިލީހުގެ ގޮނޑީގައި އަޅުގަނޑު އިނީ ފަޚުރަކަށް ނޫން. އެއީ ގޮންޖެހުންތަކާއި ކުރިމަތިލާން އިންނަ ތަނެއް، ފާޑުކިޔުމަކީ އަޅުގަނޑު އެއްވެސް ގޮތަކަށް ކަންބޮޑުވާކަމެއް ނޫން. އަޅުގަނޑަށް ފެށުނީއްސުރެން ފާޑު ކިޔުމުގެ ނަތީޖާއަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގައި އަޅުގަނޑު އިނުން. އެ ހިތްވަރު ލިބުނީ ފާޑުކިޔުމުގެ ސަބަބުން" ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި