ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލް، އިކޮނޮމިކް ކައުންސިލަށް އައްޔަން ކޮށްފިއެވެ.

ހަލީލް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ މަގާމުގައެވެ.

ކުޑަހުވަދޫ އެއާޕޯޓް ހިންގާ ކުންފުނީގެ އިތުރުން މަންތާއެއާ އަދި ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ހަލީލު ވަނީ ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯގެ ރައީސްކަންވެސް ކުރައްވާފައެވެ.