މިއަދުން ފެށިގެން އައިޑީ ކާޑުގެ ހަދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ އޮފީހުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ނާރެސް ޕޯޓަލް ބޭނުން ކުރަން ފެށުމާ ގުޅިގެން މިއަދުން ފެށިގެން އައިޑީ ކާޑުގެ ހަދައިދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އޮފީހުން އައިޑީ ކާޑު ހަދައިދިން ކަމުގައި ވިއަސް ޑީއެންއާރު އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބުންޏެވެ.

އެހެންކަމުން އޮފީސް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކަށް ކާޑު ހަދައިދުނުމުގެ ޚިދުމަތް ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ޚިދުމަތް ދޭނީ އާދީއްތަ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 09:00 އިން 11:00 އަށް އަދި 13:00 އިން 14:00 އަށް ކަމަށެވެ.