މަސްވެެރިންނަށް ޖަމާނުކުރެވި ހުރި ފައިސާގެތެެރެއިން 22 މިލިއަން ރުފިޔާ މިއަދު މަސްވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނީ މިދިޔަ މަހުގެ 28 އިން މި މަހުގެ 15 އަށް، އެ ކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްްޕްލެކްސްއަށް ކިރާފައިވާ 1919 މެޓްރިކް ޓަނުގެ މަހަށް ވާ 22,922,141 ރ. މިއަދު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށެވެ.
މިފްކޯއިން ބުނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް ކިރާފައިވާ މަހަށް ވާ ފައިސާ ޖަމާކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ.
މިފްކޯއިން ބުނި ގޮތުގައި މި މަހުގެ 16 އިން 24 އާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 30 މިލިއަން ރުފިޔާއެވެ.
މިފްކޯއިން އަންނަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.