ކޮންމެ އަތޮޅެއްގަ 600 އެނދު ބެހެއްޓޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއްވެގެން މީޑިއާ ތަކަށް ދެއްވި އިންޓަވިއު އެއްގައެވެ. އެގޮތުން ފައިސަލް ވިދާލުވީ ދިވެހި ޒުވާނުން ލޯކަލް ފަތުރުވެރިކަމާ ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ވަދެވުމަކީ ފަތުރުވެރިކަމަށް ގެންނަން ޖެހޭ ބަދަލެއް ކަމަށާއި، މި ބަދަލު ގެނެވޭތީ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"މި މަސައްކަތް އަޅުގަނޑުމެން ދަނީ ކުރަމުން. މިއީ ޕްލޭން ކޮށްގެން ކުރަމުންދާ މަސައްކަތެއް. އަޅުގަނޑު ދެކޭ ގޮތުގަ ރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެންނަން ޖެހޭ. އެ މަގު ފަހި ކުރަންޖެހޭ. " ފައިސަލް
ފައިސަލް ވިދާލުވީ މި މައްސަލަ ހައްލު ކުރުމަށްބަލާއިރު ވަރަށް ބޮޑެތި ގޮންޖެހުން އެބަހުރި ކަމަށާއި، ނަމަވެސް މިހާރު ދަނީ މި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރެވެމުން ކަމަށެވެ. އެގޮތުން މިހާރު އިންވެސްޓްމެންޓް ބޭންކެއްވެސް ވަނީ ގާއިމް ކޮށްފައި ކަމަށެވެ. މިއި ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކާ އޮތް އެންމެ ބޮޑު ގޮންޖެހުން ހައްލު ކުރެވޭނެ ގޮތް ކަމަށްވެސް ވިދާލުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.