1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް 32 ފުރުން ފާހަގަކޮށްފި

Naazim
ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް
އައިޝަތު އަންޖަަލް
300ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް 32 އަހަރު ފުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.

ރޭ ތުލުސްދޫގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ މާލޭ އަތޮޅު ހޮސްޕިޓަލް އެޅުމުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވަނީ މި ސަރުކާރުން މާލެ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

" އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ އެ ހުވަފެނުގައި ( ހޮސްޕިޓަލް ) މިސަރުކާރުން ކުލަ ޖައސައިދޭނެ. އެކަން ހަގީގަތަކަށް ހައްދަވއަިދެއްވާނެ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

300 × 250

މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ކުރަންޖެގޭ މަސައްކަތާއި ގުޅޭކަންކަން ފިނޭންސް މިނިސްޓްރީއާއި އެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.

އެރަސްމިއްޔާތުގައި މާލެ އަތޮޅު ޞިއްޙީ މަރުކަޒަށް ޚިދުމަތް ކުރަމުންދާ މުވައްޒަފުންނަށް އަގުވަޒަންކޮށް ވަނީ ހަނަދާނީ ފިލާ ދެއްވާފައެވެ. މީގެ އިތުރުން ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަންކޮށް ޝަރަފުގެ ފިލާވަނީ އަރުއްވާފައެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްމުވައްޒަފުން ބައިވެރިވަޑައިގެނެނެވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި