ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއިން، 'ޕާކިސްތާން ފޮރިން އޮފިސް ވިމެންސް އެސޯސިއޭޝަން' (PFOWA) އިން އިންތިޒާމްކޮށްގެން ބޭއްވުނު 'އެނުއަލް ޗެރިޓީ ބާޒާރު 2024' ގައި ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފިއެވެ.

މި ޗެރިޓީ ބާޒާރަކީ PFOWA އާއި އިސްލާމްއާބާދުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ހަރަކާތެކެވެ.

މި އަހަރުގެ މި ހަރަކާތް އިފްތިތާހުކޮށްދެއްވާފައިވަނީ ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މުޙައްމަދު އިޝްހާޤް ޑަރްއެވެ.