ޗައިނާ ސަރުކާރުން ކ.ގުރައިދޫ ކައުންސިލުގެ އިދާރާއަށް 100 ސޯލާ މަގުބައްތި މިއަދު ހަދިޔާކޮށްފިއެވެ.
މަގުބައްތިތައް ހަވާލުކުރަން ބޭއްވި ރަސްމިިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މަގުބައްތިތައް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޒިންއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލްގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފެވެ.
މި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއާއި، ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިންނަށް ބޭނުންވާ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.
މަގުބައްތިތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކުރެވޭ މަސައްކަތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މަގުބައްތިތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޗައިނާ އެމްބަސީން ވަނީ ބުނެފައެވެ. އެގޮތުން މި މަހުގެ ފަހުކޮޅުގައި ނުވަތަ އަންނަ ޖެނުއަރީ ފުރަތަމަކޮޅުގައި އެތަކެތި ރާއްޖެ ގެނެވޭނެ ކަމަށް ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.