1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

އަލަށް އުފަންވާ ތުއްތު ކުދިންގެ މޫނަށް ބޮސްދިނުމަކީ ހީކުރާވަރަށްވުރެ ނުރައްކާތެރިކަމެއް!

Loving mom kissing her newborn baby child lying in bed
އަލަށް ވިހާ ތުއްތު ކުދިންގެ މޫނަށް ބޮސްދިނުމުން އިންފެކްޝަންއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވޭ.
މަރިޔަމް މިސްކް
722ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަލަށް އުފަންވާ ކުދިންގެ މޫނުގެ އެއްވެސް ތަނަކަށް ބޮސްދިނުމުގެ ނުރައްކާތެރިކަން ގިނަ މީހުންނަކަށް ނޭނގެއެވެ. އެން.އެޗް.އެސްގެ ސަރޖަނެއް ކަމުގައިވާ ޑރ. ކަރަން ރާޖް ވަނީ ކުޑަކުދިންނަށް ބޮސްދިނުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ޓިކްޓޮކްގައި ވާހަކަ ދައްކާފައެވެ. އަދި އެ ޕޯސްޓަށް ލިބުނު ހާހުން ގިނަ ކޮމެންޓްތަކަށް ބަލާއިރު، މިއީ އެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ތިބި ގިނަ ބަޔަކަށް އައު ޚަބަރެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު، "ދަ ލަލަބީ ޓްރަސްޓް" ކިޔާ ޗެރިޓީއަކުން ޔޫކޭގައި ހެދި ސަރވޭއެއްގެ ނަތީޖާ ޝާއިޢުކުރިއެވެ. އެ ސަރވޭއިން ދައްކާގޮތުގައި، އަލަށް ދަރިން ލިބޭ މައިންބަފައިންގެ ތެރެއިން 54% އިންސައްތަ މީހުން އެމީހުންގެ އަލަށް އުފަންވާ ކުދިންނަށް ރައްޓެހިންނާއި ޢާއިލާގެ މީހުން ބޮސްދިނުމަށް ހުއްދަދެއެވެ. ނަމަވެސް އެމީހުންނަށް ނޭނގޭކަމަކީ މިކަމުގެ ސަބަބުން ތުއްތު ދަރިފުޅަށް ނުރައްކާތެރި އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު އޮތްކަމެވެ.

@dr.karanrNewborn warning!♬ original sound - Dr Karan Raj

ކުއްޖާ ދުނިޔެއަށް އުފަންވާއިރު އެ ކުއްޖާގެ ދިފާއީ ނިޒާމު އަދި ފުރިހަމައަށް ތަރައްޤީނުވެއެވެ. މީގެ ސަބަބުން އެ ކުއްޖާ ނުރައްކާތެރި އިންފެކްޝަނަކަށް ހުށަހެޅުމުގެ ނުރައްކާ ވަރަށް ބޮޑެވެ. ކުއްޖާ ދުނިޔެއަށް އުފަންވާތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، ކުޑަކުއްޖާގެ ދިފާއީ ނިޒާމުގައި ހުންނާނީ ބޮޑެތި މީހުންނާ އަޅާބަލާއިރު ވަރަށް މަދު އަދަދެއްގެ އިންފެކްޝަންތަކާއި ދެކޮޅަށް ހަނގުރާމަކުރާ ސެލްތަކެވެ. މިސާލަކަށް ނިއުޓްރޮފިލްސް އަދި މޮނޮސައިޓްސް ފަދަ ސެލްތަކެވެ. އެހެންކަމުން، ބޮޑެތި މީހުންނަށް ނުވަތަ ތަންކޮޅެއް ބޮޑެތި ކުދިންނަށް ކުޑަކޮށް ޖެހޭ އިންފެކްޝަންތައް އެވަރުގެ ތުއްތު ކުދިންނަށް ފުރާނައަށް ނުރައްކާވާ ވަރުގެ ބައްޔަކަށް ވެދާނެއެވެ. ހަރޕީސް ވައިރަސް އިންފެކްޝަނަކީ މިފަދަ އެއް މިސާލެވެ. ބޮޑެތި މީހުންނަށއ ހަރޕީސް ވައިރަސް ޖެހުމުން ފާރުގަނޑު އުފެދެއެވެ. ނަމަވެސް ކުޑަކުދިންނަށް މި ވައިރަސް ޖެހުމުން ވަރަށް އަވަހަށް ހާލަތު ގޯސްވެއެވެ.

300 × 250
Herpes-Simplex-1

ހާރޕީސް ޖެހުމުން އަނގައިގައި ފާރު ހެދޭ. ހަރޕީސް ވައިރަސް ހަމައެކަނި ކުއްޖާގެ ލޮލަށް، އަނގައަށް ނުވަތަ ހަންގަނޑު ފަދަ ބޭރު ފުށުގެ ގުނަަވަނަކަށް އަސަރުކޮށްފިނަމަ، ގިނަ ކުދިންނަށް އެންޓިވައިރަލް ފަރުވާ ދިނުމުން ރަނގަޅުވެއެވެ. އެކަމަކު ވައިރަސް އެތެރެ ހައްޓަށް ފެތުރި، ކުއްޖާގެ ގުނަވަންތަކަށް އަސަރުކުރަން ފަށައިފިނަމަ، އިންފެކްޝަން މާ ސީރިއަސްވެ، ފުރާނައަށްވެސް ނުރައްކާވެދާނެއެވެ. ކުއްޖާ ޅަ ވަރަކަށް، ހަރޕީސް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. ޚާއްޞަކޮށް އުފަންވެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައެވެ.

022718_MT_nicu_feat

ހަތަރު މަސް ނުވާ ކުޑަކުދިން ހާރޕީސް ޖެހުނުގެ ފުރުސަތު ބޮޑު. އަލަށް އުފަންވާ ކުދިންނަކީ ބޮޑެތި މީހުންނަށްވުރެ ބެކްޓީރިއަލް އިންފެކްޝަންތަކަށްވެސް ނުރައްކާ ބޮޑު ބައެކެވެ. އަދި ޚާއްޞަކޮށް އިންޓްރާސެލިއުލަރ ޕެތޮޖެންސް (ހޯސްޓް އޯގަނިޒަމްގެ ސެލްތަކުގެ ތެރެއަށް ވަދެ، އެތާނގައި ދިރިއުޅޭ ބެކްޓީރިއާ) އަށެވެ. މިސާލަކަށް ގްރޫޕް ބީ ސްޓްރެޕްޓޮކޮކައި (ޖީބީއެސް) އެވެ. ކުޑަކުދިންނަށް ޖީބީއެސް އިންފެކްޝަންތަކުގެ ސަބަބުން ސެޕްސިސް، ނިއުމޯނިއާ، މެނިންޖައިޓިސް އަދި ލޭގެ އިންފެކްޝަންތައް ޖެހެއެވެ. ކުޑަކުދިންނަށް އީ.ކޮލައިގެ ބާވަތްތަކުންވެސް އިންފެކްޝަން ޖެހުމުގެ ނުރައްކާވެސް ވަރަށް ބޮޑެވެ. މި ބާވަތްތަކުން ބޮޑެތި މީހުންނަށް ގެއްލުމެއް ނުވެއެވެ. މިއިން ކުޑަކުދިންނަށް ނިއުމޯނިއާ، މެނިންޖައިޓިސް އަދި ސެޕްސިސް ޖެހެއެވެ. މި ހުރިހާ ބަލިތަކަކީވެސް ފުރާނައަށް ނުރައްކާތެރި ބަލިތަކެކެވެ. އަލަށް ވިހާ ތުއްތު ކުދިންގެ މައިންބަފައިން، އެ ކުދިންނަށް ބޮސްނުދިނުމަށް ޒިޔާރަތްކުރާ މީހުންގެ ކިބައިން އެދުމުގައި ފަސްނުޖެހޭށެވެ. ޒިޔާރަތްކުރާ މީހާ ޙަޤީޤަތުގައި ކުއްޖާގެ ދުޅަހެޔޮކަމަށް އަހަންމިއްޔަތުކަން ދޭނަމަ، އެފަދައިން އެދުމުގެ ސަބަބުން ހިތްހަމަނުޖެހިގެން ނުވަތަ ނުރުހުންވެގެން ނުވާނެއެވެ. ތުއްތުކުދިންނަށް ޒިޔާރަތްކުރާ މީހުން ވިސްނަން ޖެހޭ ކަމަކީ އެއްވެސް ހާލަތެއްގައި އެކުދިންގެ ސިއްހަތަށް ނުވަތަ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. ތުއްތުކުދިންނަށް ޒިޔާރަތްކުރާ އިރު ސަމާލުކަންދޭން ޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި އެންމެ ފުރަތަމަ، ކުއްޖާ ކައިރިއަށް ދިޔުމުގެ ރަނގަޅަށް އަތް ދޮވެލާށެވެ. އަދި ކުއްޖާގެ މޫނުގެ އެއްވެސް ތަނަކަށް ބޮސްދިނުމުން ދުރުހެލިވާށެވެ. ބޮސްދޭނަމަ އެކުދިންގެ ފައިގައި ނުވަތަ ބޮލުގެ ފަހަތުގައި ބޮސްދިނުމަކީ މައްސަލައެއް ނޫނެވެ. އެއްވެސް ބާވަތެއްގެ އިންފެކްޝަނެއް ނުވަތަ ބައްޔެއް ތިމާއަށް ޖެހިފައިވާނަމަ، ކުއްޖާއާއި ކައިރިވުމުން ދުރުހެލިވާށެވެ. ޚާއްޞަކޮށް ކުއްޖާއަށް އެއް މަސްދުވަސް ނުފުރޭނަމައެވެ. ހަރޕީސްގެ އިންފެކްޝަންތަކަކީ ތުއްތު ކުޑަކުދިންނަށް ވަރަށް ނުރައްކާތެރި އެއްޗެކެވެ. އެހެންކަމުން އަބަދުވެސް ވިސްނަން ޖެހޭކަމަކީ ކުޑަކުދިންނަކީ އިންފެކްޝަންތަކަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑަބައެއްކަމެވެ. ކުޑަކުދިންނަށް ބޮސްދިނުމަކީ ލޯބިން ކުރެވޭ ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން އެ ކުދިންގެ ފުރާނައަށް ނުރައްކާވަ ހިސާބަށް ގޮސްދާނެ ކަމެކެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • Ali Assad

    Medical mafia Vitamin K aa Hepatitis B neurotoxic vaccine vihaathanun jahuvaa kiyaa kandu kos vaahaka. Kuhjaa beynun vanee loiybaa anaalun. Injection, antibiotics aa beys vihkan beynun vanee medical mafia

  • Azmath Hassan

    މައިންބަފައިންނަށް މަޖުބޫރުކޮށްގެން ދަރިންނަށްދޭވެކުސިން ތަކުން ލިބޭ ގެއްލުން ކިޔާދޭން އެނގެނީ ކިތަށް ޑޮކުޓަރުންނަށްބާ

ގުޅުންހުރި