އަލިފާނުގެ ހާދިސާ ހިނގުމުން އެންމެ ބޮޑު އިސްކަމެއްދެއްވީ އަލިފާންގަނޑު ނިއްވުމާއެކު އާއްމު ރައްޔިތުން ސަލާމަތުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށްކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ އިތުރުން އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވުޒާރާ ހިންގަމުން އަންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަލިފާން ނިއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވަޒީރު ވަނީ ދައުލަަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު ހެނދުނު 6:30 ހާއިރުންފެށިގެން އެމްއެންޑީއެފްގެ ފަޔަރ ޓީމުން ހަރަކާތްތެރިވާން ފެށިއެވެ. އަދި އެންމެ ފުރަތަމަ އިސްކަމެއްދެއްވީ އެ ސަރަޙައްދުތަކުގެ ގެތަކުގައި އުޅޭ މީހުންނާއި އާންމު ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ވައި ހުރި ގޮތަށް އަލިފާން އިތުރަށް ފެތުރިދާނެތީ އެއްވެސް ފުރާނައަކަށް ގެއްލުން ލިބުމަކީ އެދޭނެކަމެއް ނޫން. އެމަސައްކަތް ނިމުނު އިރު އަލިފާންގަނޑު ބޮޑަށް ރޯވެފައި ހުރީ،" ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވިއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އަލިފާން ނިއްވާ ހުރިހާ އާލާތްތަކާއި އިތުރު މުވައްޒަފުން ބޭނުންކުރިކަމަށާއި، އެމްއޭސީއެލްގެ ވެހިކަލްތައްވެސް މި މަސައްކަތުގައި ބޭނުންކުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން ކައިރީގައި ހުރި އެހެނިހެން އިމާރާތްތަކުގައި ހުރި މުހިއްމު ލިޔެކިޔުންތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.