މީސްމީހުންގެ އަބުރާ ބެހުމުން ލިބިގެންދާ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގާނޫނުގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިހެން ބުނެފައިވަނީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގާނޫނުގެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފޮނުއްވި ސިޓީއަކަށް ދިން ޖަވާބެއްގައެވެ.
އޭޖީ އޮފީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އަބުރުގެ ބިލް ޑްރާފްޓްކޮށް ދެހަފްތާ ތެރޭގައި ނިންމާލުމަށްފަހު މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އަބުރުގެ ބިލްގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ފަހު މަޖިލީހަށް ބިލް ފޮނުވައިދިނުމަށް އެޓާނީ ޖެނެރަލަށް ދަންނަވަން ވެސް ފާސްކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.