1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ވަގުތު އަވަސްވެގެން ދާހެން ހީވޭ ހެއްޔެވެ؟

time
ވަގުތު އަވަސް ވާހެން ހީވުން: ފޮޓޯ/ ސޯޝަލް މީޑިއާ
ފާތިމަތު އިޝާ
474ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދުވަސްތަކާއި އަހަރުތައް ހަލުވިކަމާއެކު ނިމޭހެން ހީވުމުން މިވަނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ދުވަހީ ބިޒީ ތާވަލުގެ ސަބަބުން ހެއްޔެވެ؟ ނޫނީ އަހަރުމެންނަށް ނޭނގޭ ކަމެއް ހިނގަނީ ހެއްޔެވެ؟

ތަޖުރިބާކާރުން ބުނަނީ އުމުރުން ދުވަސްވާ ވަރަކަށް ވަގުތާ މެދު އަޅުގަނޑުމެންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެ، ބައެއް ވަގުތުތައް އަވަހަށް ދާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ދިރިއުޅުމުގައި ތަޖުރިބާ ކުރެވިފައިވާ މިންވަރުގެ ސަބަބުން ވެސް ވަގުތު ދައުރުވާ ގޮތާ މެދު ދެކޭގޮތަށް ނުފޫޒު ފޯރުވާ ކަމަށް ހޯދުންތަކުން ދައްކައެވެ. އުމުރުން 8 އަހަރުގެ ކުއްޖަކަށް ހަފުތާއަކީ އެކުދިންގެ ހަޔާތުގެ ބޮޑު ބައެކެވެ. އެކަމަކު އުމުރުން 80 އަހަރުގެ މީހަކަށް ހަފުތާއަކީ އެމީހުންގެ ހަޔާތުގެ ވަރަށް ކުޑަ ބައެކެވެ.

ޑިއުކް ޔުނިވާސިޓީގެ މެކޭނިކަލް އިންޖިނިއަރިންގެ ޕްރޮފެސަރެއް ކަމަށްވާ އެޑްރިއަން ބެޖަން ވިދާޅުވި ގޮތުގައި އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތައް ސިކުނޑީގައި ދައުރު ކުރާ ގޮތަކީ ވެސް ވަގުތާ މެދު ދެކޭ ގޮތްތަކަށް ނުފޫޒު ފޯރުވައިފާނެ ކަމެކެވެ. އަޅުގަނޑުމެންގެ ސިކުނޑި އަކީ ތުއްތުއިރު ވަރަށް ގިނަ މަންޒަރުތައް ރައްކާކުރަން ތަމްރީނުކުރެވިފައިވާ އެއްޗެކެވެ. ކުޑަކުދިންގެ ގޮތުގައި އެހާ ގިނަ އާ ތަސްވީރުތައް ރައްކާތެރި ކުރަމުން ގެންދާތީ، މަސްތަކާއި އަހަރުތައް ދިގުވާ ހެން ހީވެދާނެއެވެ.

300 × 250

ބޮޑެތި މީހުންގެ ނަޒަރުން ބަލާނަމަ ސިކުނޑީގައި ރައްކާކުރެވެނީ ޒުވާން އުމުރުގައި ރައްކާކުރެވުނު މަންޒަރުތަކަށް ވުރެ މަދުން ކަމަށް ބެޖަން ވިދާޅުވިއެވެ. އެހެންވީމަ އަޅުގަނޑުމެންނަށް އިޙްސާސްކުރެވެނީ ވަގުތު ފާއިތުވެގެން ދިޔައީ މާ އަވަހަށް ހެންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ،  އުމުރުން ދުވަސްވީ ވަރަކަށް އިހުސާސް ކުރެވޭ މިންވަރު އަވަސްވާނެއެވެ.

ބެޖަން ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ ގިނަ މީހުންގެ ސުވާލަކަށް ވަނީ ވަގުތު މަޑުޖައްސާލާނީ ކިހިނެއްތޯއެވެ. "ކޮންމެ މީހަކު ވެސް ބޭނުންވަނީ ދިގު މުއްދަތަކަށް ދިރިއުޅެ، އިތުރަށް ދުނިޔޭގެ ކަންކަން ތަޖުރިބާ ކޮށްލަން" ބެޖަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަން ކުރެވޭނެ އެއް ގޮތަކީ އާދަޔާ ހިލާފު އާ ކަންކަން ތަޖުރިބާ ކުރުމެވެ. މިސާލަކަށް އާ ތަންތަނަށް ޒިޔާރަތް ކުރުމާއި، އާ ކަންތައްތައް ކުރުމެވެ. އާ ކަންކަން ދަސްކުރުމަކީ ދިރިއުޅުމަށް އެނބުރި ބަލައިލުމުން ވަގުތު ދިގުކޮށްދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަފާތުވުމަކީ ދިރިއުޅުމުގެ ސްޕައިސް" މި ބުނުމަށް ބާރު އަޅަމުން ބެޖަން ބުނީ ދުވަހުގެ ތާވަލުން ނުކުމެ، ލިބޭ ވަގުތުގެ ބޭނުން ހިފަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން ތިމާގެ ދުވަހަށް އިތުރު ވަގުތު ލިބުނު ކަމުގެ އިހުސާސް ކޮށްދޭނެ ކަމެވެ.

ކޮންމެ ދުވަހަކު އެއް ކަމެއް ކުރާނަމަ ހަގީގަތުގައި ވެސް ވަގުތު އަވަހަށް ދާހެން ހީވެދާނެއެވެ. މީގެ ބަދަލުގައި ވަގުތު ހޯދައިގެން އާ ކަންތައްތައް ތަޖުރިބާކޮށް އެ ތަޖުރިބާގެ މަންޒަރުތަކާއި އަޑުތައް ސިކުނޑީގައި ރައްކާ ކުރުމަކީ ވަގުތު ދިގުވާހެން ހީވާނެ ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި