1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ފަތިހު ހޭލަން ބޭނުންތަ؟ މިކަންކަން ކޮށްލާ!

Sleepy Man
އެލާމް ކޮށްގެން މީހަކު ނިދާފައި: ފޮޓޯ/ ސޯޝަލް މީޑިއާ
ފާތިމަތު އިޝާ
831ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަތިހު ހޭލެވުމުން ކޮންމެ ދުވަހަކު ހެނދުނު ވެސް ހަމަހިމޭންކަމުގެ ވަގުތުތައް ތަޖުރިބާ ކޮށްލެވޭއިރު، އެކަމުގެ ސަބަބުން މިހާގެ ނަފްސަށް ހިތްހަމަޖެހުން ލިބިގެންދެއެވެ. ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ އުފެއްދުންތެރިކަން އިތުރުވުމުގެ ފުރުސަތު އޮވެއެވެ. ފަތިހުގެ ވަގުތެއްގައި ފުންނޭވާއެއް ލުމަށްފަހު ހިނިތުންވެލާއިރު، ބަދަލު އަންނަނީ ހަމައެކަނި ކޮންމެ ދުވަހެއްގެ ހޭލާ ވަގުތަށް ނޫން ކަން ފާހަގަކުރެވޭނެއެވެ. މުޅި ދުވަހު ވެސް މީހާއަށް އިތުރު ހިތްވަރެއް ލިބިގެންދާފަދައެވެ. އެހެންކަމުން ފަތިހު ހޭލަން އާދަކުރަން ކުރަންވީ އެންމެ މުހިންމު ކަންތައްތައް ލިސްޓު ކޮށްލާނަމެވެ.

އާދަކޮށް ހޭލާ ގަޑިއަކާއި ނިދާ ގަޑިއެއް ސެޓުކުރުން
ފަތިހު ހޭލުމަށް އަމިއްލަ ނަފްސު ތަމްރީނު ކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ނިދާ ގަޑިއާއި ހޭލާނެ ވަގުތެއް ކަނޑައެޅުމެވެ. ކޮންމެ ދުވަހަކު ވެސް އެއްފަހަރާ ނިދުމާއި ހޭލެވުމަކީ ހަށިގަނޑަށް އެކަން އާދަވެ އަވަހަށް ހޭލަން ފަސޭހަކޮށްދޭނެ ކަމެކެވެ.

ނިދުމުގެ ކުރިން ކެފެއިން އާއި ބަރު ކެއުން ލިމިޓްކުރުން
ހަވީރު ކޮފީ، ސައި ނުވަތަ ކުޅި ކާނާއިން ދުރުހެލިވާށެވެ. މިކަމުގެ ސަބަބުން ނިދުމަށް ބުރޫ އަރާ، އަވަހަށް ހޭލަން އުނދަގޫވެއެވެ. މީގެ އިތުރުން ގޭސްޓްރިކްގެ މައްސަލައަށް މަގުފަހިވެ ނިދުމަށް އިތުރަށް ހުރަސް އެޅިދާނެއެވެ.

300 × 250

ނިދުމުގެ ވަގުތާ ކައިރިކޮށްފައި ސްކްރީންތަކުން ދުރުހެލިވުން
ސްމާޓްފޯނާއި ޓީވީ އަދި ލެޕްޓޮޕުން ލިބޭ އަލިކަމުގެ ސަބަބުން ނިދުމަށް ބުރޫ އަރާ، ފަތިހު ހޭލަން އުނދަގޫވެ އެވެ. ނިދުމުގެ ކުރިން މަދުވެގެން އެއްގަޑިއިރު ނުވަތަ ދެ ގަޑިއިރު ސްކްރީންތަކުން ދުރުހެލިވެ، އޭގެ ބަދަލުގައި ކިޔެވުން ނުވަތަ ގުރުއާން އަޑުއެހުން ފަދަ ހަރަކާތްތައް ޚިޔާރުކުރާށެވެ.

އެލާމް ގަޑިއެއް ބޭނުންކުރުން
އެލާމް ގަޑި ނިދާ އެނދާ ތަންކޮޅެއް ދުރުގައި ބަހައްޓާށެވެ. މިކަމުގެ ސަބަބުން އެނދުން ތެދުވެގެން ދާން މަޖުބޫރުވާނެއެވެ. މިއީ ނިންޖަށް ހުރަސް އަޅާނެ ކަމެކެވެ.

އަވަހަށް ހޭލުމަށް ހިތްވަރުދޭ ސަބަބެއް ކަނޑައެޅުން
އަވަހަށް ހޭލުމުގެ މަޤްޞަދެއް ނުވަތަ އަމާޒެއް ކަނޑައަޅާށެވެ. މިއީ ތިމާއަށް ނިދުމަށްވުރެ މާ ހެޔޮކަންބޮޑު އަދި މާ ޝައުގުވެރި ކަމަކަށް ވާންޖެހޭނެއެވެ. އެއިރުން ބުރަ ހިތަކާ ނުލައި އަމިއްލައަށް ބޭނުންވެގެން ތިމާއަށް ފަތިހު ހޭލެވޭނެއެވެ. މިސާލަކަށް މަތީ މާރކްސް ހޯދަން ބޭނުންވާ ކުއްޖެއް ފަތިހު ކިޔަވަން ބޭނުންނަމަ ފަސޭހައިން ހޭލެވޭނެއެވެ.

ދުވާލު ގަޑީގައި ނިދުމާ ދުރުހެލިވުން
ނިދުމަކީ ފައިދާހުރި ކަމެއް ނަމަވެސް، ދުވާލު މާ ގިނައިން ނިދަންވެއްޖެނަމަ އެކަމުގެ ސަބަބުން ރޭގަނޑު ނިދުމުގެ ޤާބިލުކަމަށް ހުރަސް އެޅި، އަވަހަށް ހޭލުން އުނދަގޫވާނެއެވެ.

ސްނޫޒް އަށް ނުޖެއްސުން 
ސްނޫޒް ޖެއްސުމަކީ އިތުރު އިރުކޮޅަކު ނިދުމަށް ރަނގަޅު ގޮތެއް ކަމަށް ހީވިޔަސް އެކަމުގެ ސަބަބުން މާ ކަންނެތް ކަމުގެ އިހުސާސް ކުރެވޭނެއެވެ.

އަވަހަށް ހޭލެވުމުން ލިބޭ ފައިދާއަކީ ހަމައެކަނި ދުވާލު ގިނަ ވަގުތު ލިބުން އެކަންޏެއް ނޫނެވެ. އަވަހަށް ހޭލުމަކީ އުފެއްދުންތެރިކަން އިތުރުވުމާއި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއި ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅުވުން ފަދަ އެތައް ފައިދާއެއް ލިބޭ ކަމެކެވެ. ފަތިހުގެ ހަމަހިމޭން ގަޑިތަކުގެ ސަބަބުން މަސައްކަތަށް ސަމާލުކަންދެވި ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި