އެސްޓަންވިލާ އަތުން ބަލިވެ މެންޗެސްޓާސިޓީ ޕްރިމިޔާލީގުގެ 6 ވަނަޔަށް ވެއްޓިއްޖެއެވެ. ރޭ އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މެޗުން އެސްޓަންވިލާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެސްޓަންވިލާގެ ފުރަތަމަ ގޯލު މެޗުގެ 16 ވަނަ މިނެޓުގައި ޖޮން ޑަރާން އެޓީމަށް ޖަހާދިންއިރު އެސްޓަންވިލާގެ ދެވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ މޯގެން ރޮޖާސްއެވެ. މެންޗެސްޓާސިޓީގެ ހަމައެކަނި ގޯލު މެޗުގެ އެއްމެ ފަހު މިނެޓުގައި އެޓީމަށް ޖަހާދިނީ ފިލްފޮޑެންއެވެ.

Defeat.

🦁 2-1 🩵 #ManCity | @okx pic.twitter.com/YcEJerbbzx — Manchester City (@ManCity) December 21, 2024

މިމެޗުން ލިބުނު މޮޅާއިއެކު އެސްޓަންވިލާ ލީގުގެ 5 ވަނަޔަށް 28 ޕޮއިންޓާއިއެކު ޖެހިލާފަވާއިރު މެޗުން ބަލިވި މެންޗެސްޓާސިޓީ މިވަނީ ލީގުގެ 6 ވަނަޔަށް ވެއްޓިފައެވެ. މެންޗެސްޓާސިޓީ ލީގުގެ 6 ވަނައިގަ މިވަގުތު އޮތީ 27 ޕޮއިންޓާއިއެކުއެވެ. މިރޭ ޕްރިމިޔާލިގުގަ ކުޅޭ އިތުރު މެޗުތަކަފަހު މެންޗެސްޓާސިޓީ ލީގު ތާވަލްގެ 6 ވަނަޔަށް ވުރެ ދަށަށް ވެއްޓުމަކީ އެކެށީގެންވާކަމެކެވެ. މިވަގުތު އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ މެންޗެސްޓާސިޓީއަށް އެއްމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން 8 މެޗުން ބަލިވެފައިވާއިރު އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެމެޗު ނިމިގެން ގޮސްފަވަނީ އެއްވަރުވެގެންނެވެ.