ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގޮތުން ގދ.ތިނަދޫގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.
ޖެންޑާރ މިނިސްޓްރީން އިސްނަގައިގެން މިމަހު 15 ވަނަ ދުވަހު ފަށާފައިވާ "ގެވެށި ގުޅުން" ވޯރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމާއި އެފަދަ އަމަލުތަކަށް އަހުލުވެރިކުރުވައި މިމުޖުތަމައު ހޭލުންތެރިކުރުވުމެވެ.
އިއްޔެ ތިނަދޫގައި ބޭއްވި ހަރަކާތަކީ "ގެވެށި ގުޅުން" ޤައުމީ ކެމްޕެއިން ތެރެއިން ގެވެށި އަނިޔާ ހުއްޓުވުމަށް ޖެންޑާ މިނިސްޓްރީއާއެކު މަސައްކަތްކުރަން ތިބި މުވައްސަސާތަކާއެކު ބޭއްވުނު ވޯރކްޝޮޕެކެވެ. އެގޮތުން އަތޮޅު ކައުންސިލް، ތިނަދޫ ކައުންސިލް، ފުލުހުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ހޮސްޕިޓަލްގެ އިތުރުން ސްކޫލްތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.