ޓޭޑްގެ އަހަރީ ދުވަހާއި ގުޅިގެން ތިނަދޫގެ އަންހެން 2 ޓީމެއްގެ މެދުގައި އެކުވެރި ކަމުގެ ފުޓްސަލް މެޗެއް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ.
މިގޮތުން ތިނަދޫގައި އެންމެ ފަހުން ބޭއްވި އަންހެން ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވާދަ ކުރި ދެޓީމް މެދުގައި މިމެޗް ކުޅެން ހަމަޖެހިފައިވާއިރު ޓީމްތަކުގެ ކޯޗުންނަކީވެސް ތިނަދޫގެ މަޝްހޫރު ފުޓް ބޯޅަ ކުޅުންތެރިން ކަމަށް ވާ އާޒިިމް ހުސެއިން އެންޑީ އަދި އިބްރާހިމް އަޒުވަރު ކައިންޑޭއެވެ.
ދެޓީމަށް ނަންދޯ ީފައިވަނީ ޓީމް އެންޑީ އަދި ޓީމް ކައިންޑޭގެ ނަމުންނެވެ. މި މެޗް ކުޅެން ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 16:30 ގައި އާރު އަވަށު ފުޓްސަލް ދަޑުގައެވެ.
ޓޭޑްގެ އަހަރީ ދުވަހަކީ 9 ސެޕްޓެމްބަރެވެ. ތަފާތު އެކި ސަބަބުތަކާހެދި އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތައް ވަނީ ލަސްކުރެވިފައެވެ. މިގޮތުން އަހަރީ ދުވަހާއި ގުޅުވާގެން ޓޭޑްގެ އޮފީސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.