ދީނީ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާފަށް އެދި ތައުބާވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވެފައިވަނީ، ގުރުއާން ތަހުޒީބު ކަމަށާއި ﷲ ވޮޑިގެންވާކަމަށެވެ. އަދި ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން ކަމަށާއި، މިރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތްކަމަށެވެ. އަދި އެންމެން ނަމާދުކުރުމަށް ގޮވާލާ އޭނާވަނީ އެހެން ދީންތަކަށްވެސް މިރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް މިގައުމުގައި އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް އުޅެވެން ޖެހޭ ގޮތް އުފައްދަން ޖެހޭ ކަމަށް ބުނެފައެވެ.
ޖާބިރުގެ މިވާހަކަތައް ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން ކުށްވެރިކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ ޖާބިރު ދެއްކި ވާހަކަތަކުގެ ސަބުން އޭނާ ވަގުތުން ހައްޔަރުކުރަން ޖެހޭ ކަމަށް ބުނެ މީސްމީޑިއާގައި އަޑުއުފުލަމުންނެވެ. ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ޖާބިރު ގޮވާލުމުން އެކަން އިސްލާމިކް މިނިސްޓްރީންނާއި ފަތުވާ މަޖިލީހުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އޭނާއަށް ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިންވެސް ވަނީ ގޮވާލާފައެވެ. ފާޑުކިއުންތައް އަމާޒުވަމުންދާތީ، އޭނާ ވަނީ މިހާރު ދެކެވުނު ވާހަކަތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެފަދައިން ވިދާޅުވެވުނީ ޖޯޝުގައި ކަމަށާއި އަދި މި ގައުމުގައި އެހެން ދީންތަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ މަޖިލީހުގައި ދެއްކެވި ވާހަކަތައް އަނބުރާ ގެންދަވައިފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.