ކޯޓަށް ހާޒިރުކުރުމަށްޓަކައި ގދ. ވާދޫ/ ޞަބާޙީމަންޒިލް، އިޒާމް ޒާހިރު (26އ) ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ އިޒާމް ޒާހިރު ހޯދަމުންދަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކަށް ހާޒިރުވެފައި ނުވާތީ އާއި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި އެކި ފަހަރުމަތިން ކުރެވެނު މަސައްކަތުން އޭނާ ކޯޓަށް ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ. އަދި އޭނާ ހޯދުމަށްޓަކައި އެކިފަހަރުމަތިން ފުލުހުން ކުރި މަސައްކަތުން އުޅޭ ވަކިތަނެއް އަދި މިހާތަނަށް ހޯދިފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އިޒާމް ޒާހިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ވާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9960159 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.