ހުވަދުއަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގދ. ވާދޫއަށް ޒިޔާރަތްކުރެއްވުމުން އެރަށުގެ ރައްޔިތުން ވަނީ ނުހަނު ބޮޑަށް އުފާ ފާޅުކޮށް މަރުހަބާ ދަންނަވައިފިއެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރުމަތީގައި އެއްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވާދޫއަކީ ތިންވަނައަށް ޒިޔާރަތްކުރެއްވި ރަށެވެ.
މިއަދުގެ ހެނދުނު ދަންފަޅީގައި އެމަނިކުފާނު ވަނީ ގދ. ހޯނޑެއްދޫ އަދި ނަޑެއްލާއަށް ޒިޔާރަތްކުރައްވާފައެވެ. ވާދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ވާދޫ ހިމެނޭގޮތަށް ހުވަދު އަތޮޅުގެ ޖުމްލަ 9 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުވަދުއަތޮޅު ދެކުނުބުރީގައި ދެން ބާކީ އޮތީ ފިޔޯރީ އަދި ރަތަފަންދޫއަށް ކުރައްވާ ޒިޔާރަތެވެ. އަދި ހުވަދުއަތޮޅު އުތުރުބުރީގައި ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.