1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުމްރާވެރިން ހާލުގައި ޖެއްސި މައްސަލަ: ހިޖްރަ ގްރޫޕު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓައިފި

shaha
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މަރްޔަމް ޝަފާ ސައީދު
535ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގެންދިޔަ މީހުން ހާލުގައި ޖެއްސި މައްސަލައިގައި އެ ގްރޫޕު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުނީގެ ހުއްދަ ހިފަހައްޓައިފިއެވެ.

އެނގިފައިވާ ގޮތުގައި އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 23 މީހަކު އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއާގެ މައްކާގައި ތާށިވެފައިވަނީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގުރޫޕުން އެހެން ކަންކަމަށް ބޭނުންކުރުމުން ޓިކެޓު ނުނެގިގެންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ތާށިވި އުމްރާވެރިންނާ ގުޅައި ވާހަކަ ދައްކައި ހާލަތު ބައްލަވާފައިވާ ކަމަށެވެ. އަދި މައްކާގައި ތިބި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ އިރުޝާދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލަށް ދެއްވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

300 × 250

އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ ހިޖްރާ ގްރޫޕުން ޑިސެމްބަރު އުމްރާއަށް ގެންދިޔަ އުމްރާވެރިން ފައިސާ ދެއްކިޔަސް އެ ފައިސާ ވަނީ ކުންފުނީގެ އެހެން ކަމަކަށް ބޭނުން ކޮށްފައި ކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅައިފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހިޖްރާ ގްރޫޕާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފެހެއްޓުމާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން، ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުމަށާއި، މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވަނީ، މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަމާއި ގާނޫނީ މަސައްކަތްތައް ފަސް ޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި