ހެންވޭރު ގެސްޓް ހައުސްއެއްގެ ފާޚާނާ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މިއަދު މެންދުރު ފަހު 2:04 ގައި މާލޭ ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާހާނާއެއްގެ ތެރެއިން ވެއްޓިފައި އޮތް މީހަކު ފެނިގެން އެކަމުގެ މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާ ދީ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ މަރުވެފައި އޮތް މީހާއަކީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގޭ، ޢަބްދުﷲ ޒަކީ (59 އަހަރު) ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަައި ތަހުގީގު ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.