1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާފަންނު ގެއެއްގައި ރެނދުއަޅައި އަޑިއަށް ދާތީ، އެގެއިން މީހުން ހުސްކުރަނީ

malas
މ. ލަކީ ހެވަން / ފޮޓޯ: އެކްސް. މާލެސިޓީކައުންސިލް
ޝަފްޢަތު ، ހުވަދޫ މީޑީއާ
519ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ މާފަންނު ސަރަޙައްދުގައި ހުރި ގެއެއްގައި ރެނދުއަޅައި އަޑިއަށް ދާތީ އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރެނދު އަޅައި އަޑިއަށްދާތީ މީހުން ހުސްކުރަން ފަށާފައިވަނީ މ. ލަކީ ހެވަން އިންނެވެ. މިކަން ދިމާވެފައިވަނީ ޖެހިގެން ހުރި މ. ކެރިންލައިޓް އިމާރާތް ކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުގެ ސަބަބުންނެވެ.

https://twitter.com/MaleCitymv/status/1878079050704712148

300 × 250

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މ. ލަކީ ހެވަންގެ 4 ކޮޓަރީގައި 4 އާއިލާ ދިރިއުޅެމުން ދެއެވެ. މީގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 3 ކުދިންނާއި 6 މީހުން ހިމެނެއެވެ.

މީގެ އިތުރުން، އެގޭގެ ދެ ބައެއްގައި ބޭރު މީހުންތަކެއް ކުއްޔަށް އުޅޭ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

މިހާރު މާލޭ ސިޓީ ކައުންސިލުން ވަނީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި