މާލޭގެ ބިމެއް ކޮންނަނިކޮށް ކުރީ ޒަމާނުގައި ބޭނުންކުރި "ބޮޑު ބަޑި" އެއް ފެނިއްޖެ އެވެ.

މި ބަޑި ފެނުނީ ޗާންދަނީމަގުގައި ހުރި ކުރީގެ ހަބީބް ބޭންކް ހިންގި 23 ނަންބަރު ފިހާރަ ހުރި ބިމުގައި އިމާރާތެއް އެޅުމަށް ރޭގެ ވަގުތެއްގައި އެ ބިން ކޮންނަމުން ދަނިކޮށެވެ.

ފެނުނު ބަޑި އޮތީ ވަރަށް ބޮޑަށް ދަބަރު ޖަހާފައި ކަމަށާއި، އެ ސާފުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރު މައުލޫމާތު އެނގޭނީ ދިރާސާތަކަށް ފަހު ކަމަށްވެސް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުން ކުރިން ހަބީބް ބޭންކް ހިންގި ޗާންދަނީމަގު 23 ނަމްބަރ ފިހާރަ ހުރި ބިމަކީ ދިވެހި ދައުލަތުގެ ބިމެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ބާވަތުގެ ބަޑިތަކުގެ ބަރުދަން ދޮޅު ޓަނު ހުންނާނެ ކަމަށް ބެލެވެއެވެ. ކުރީގެ ޒަމާނުގައި މާލެއަށް ބަޔަކު އަރައިފާނެތީ ދިފާއުވުމަށްޓަކައި މި ބަޑިތައް ބޭނުންކުރިއެވެ.