1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ޗައިނާގައި މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބޭ ސްކޮލަރޝިޕަކަށް ހުޅުވާލައިފި

cera
އެމްއެންޔޫގެ ގްރެޖުއޭޝަން ރަސްމިއްޔާތެއްގެ ތެރެއިން / ފޮޓޯ: އެޑިޝަން
މަރްޔަމް ޝަފާ ސައީދު
248ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޗައިނާގައި މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްކުރުމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ސްކޮލަރޝިޕްތަކަކީ ޗައިނާ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ހޯދައިދީފައިވާ ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕްތަކުގައި ޗައިނާގެ ބޭނުން ކޮންމެ ޔުނިވަރސިޓީއެއްގައިވެސް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ ކިޔެވުމުގެ 1 ފުރުސަތާއި، މާސްޓަރސް ޑީގްރީގައި ކިޔެވުމަށް 1 ފުރުސަތުގެ އިތުރުން ޕީއެޗްޑީ ކިޔެވުމުގެ 1 ފުރުސަތު ވަނީ ދީފައެވެ. ޗައިނީސް ގަވަރމެންޓް ސްކޮލަރޝިޕް ފްރޮގްރާމްގެ ދަށުން ޓިއުޝަން ފީއާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ހުރުމުގެ ބައެއް ޙަރަދުތައް ސްކޮލަރޝިޕްދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ.

300 × 250

މި ސްކޮލަރޝިޕްގެ ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ. މި ސްކޮލަރޝިޕަށް ކުދިން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ.

މީގެއިތުރުން، ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ސްކޮލަރޝިޕްތަކަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ބެޗްލާރސް ޑިގްރީގެ 2 ފުރުސަތާއި، މާސްޓަރސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ 2 ފުރުސަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ 2 ފުރުސަތެއް ލިބިފައިވެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

މި ސްކޮލަރޝިފަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްކުން 30 ޖަނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކުރިން ފޯމް ހުށަހަޅަންޖެހޭނެ ކަމަށް މަތީ ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި