1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މައެއްގެ ނިމުމެއްނުވާ ލޯބި، ދުވަހަކު އަގުކުރެވޭނެތަ؟

mother and son
މަންމައާއި ދަރިފުޅު: ފޮޓޯ/ގޫގުލް
ފާތިމަތު އިޝާ
404ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަންމައެއްގެ ނިމުމެއްނުވާ ލޯބި: ހަޔާތުގެ ދިރުން

"މަންމަ" މި ލަފްޒަކީ ދުނިޔޭގެ ކޮންމެ ކުއްޖަކު ވެސް މި ދުނިޔެއަށް ލޯ ހުޅުވާލުމަށްފަހު އެންމެ ފުރަތަމަ އަނގައިން ނުކުންނަ އެއް ބަހެވެ. މިދުނިޔޭގައި ހަމައެކަނި އަމިއްލަ އެދުމެއްނެތި ދަރިން ވެދުން ކުރާނެ ބަޔަކީ މައިންނެވެ. "މަންމަ" އަކީ މިދުނިޔޭގައިވާ އެންމެ ގުދުރަތީ ބަހެވެ. ދަރިންނަށް ޓަކައި ކޮންމެ ކަމެއް ވެސް ކުރަން މަންމަ ހުންނަނީ ތައްޔާރަށެވެ. ކާއެތިކޮޅު މަދުވެއްޖެނަމަ މަންމަ ބަނޑުހައެއް ނުވާނެއެވެ. އައު ހެދުން ލާން މަންމަ ބޭނުމެއް ނުވާނެއެވެ. ބަލިވެއްޖެނަމަ މަންމަ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. މިއަށްވުރެ މަތިވެރި ލޮތްބެއް މި ދުނިޔެމަތީގައި ލިބޭނެ ހެއްޔެވެ؟

motherއެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕްގައި މޮރޮކޯގެ ކުޅުންތެރިއެއް މެޗަކުން މޮޅުވުމުން މަންމައާއެކު ފީލްޑުގައި ނަށާ މަންޒަރު: ފޮޓޯ/ގޫގުލް

300 × 250

ހަޔާތުގެ ފުރަތަމަ މުދައްރިސް: އަގުނުކުރެވޭ އެތަކެއް ފިލާވަޅެއް

މައިންނަކީ ހަމައެކަނި ދަރިފުޅު އެންމެ ފުރަތަމަ އުރާލާ މީހާއެއް ނޫނެވެ. އެއީ ދަރިފުޅަށް އެންމެ ފުރަތަމަ ހިނިތުންވާން ދަސްކޮށްދެއްވި ކަމަނާއެވެ. ވާހަކަދެއްކުމާއި، ހިނގާބިގާވެ އުޅުމުގެ އިތުރުން ދިރިއުޅުމުގެ އަގުހުރި އެތައް ފިލާވަޅެއް ދަސްވެގެންދަނީ މައިންގެ ފަރާތުންނެވެ. ދިރިއުޅުމުގެ ތަކުލީފުތަކާ ކުރިމަތިލާއިރު ވެސް އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްކޮށްދެއެވެ. މައިންގެ ޢަމަލުތަކުގެ ޒަރިއްޔާއިން، އޯގާތެރި، ހަރުދަނާ މީހަކަށް ވުމަކީ ކޮބައިކަން ދަސްވެގެންދެއެވެ. މަޑުމައިތިރި ނަމަވެސް ކެނޑިނޭޅި ހުރި މަންމަގެ އަޑު ސިކުނޑީގައި އަބަދުމެ ގުގުމަމުން ދެއެވެ. މަންމަ ދޭ ފިލާވަޅުތަކުގެ ވާހަކަ ނުދެކެވުނު ނަމަވެސް އެފިލާވަޅުތަކަަކީ ދަރިންނަކީ ކާކުކަން އެންމެ ބޮޑަށް އަންގައިދޭނެ ފިލާވަޅުތަކެެވެ.

މައިންވާ ގުރުބާނީގެ އަގު ވަޒަން ނުކުރެވޭނެ

މައިންގެ ގުރުބާނީ އަކީ ލޮލަށް ފެނި އަތް ލެވޭ އެއްޗެއް ނޫނެވެ. ދުނިޔޭގައި ލެއްވިހާ ބުރައެއް ކޮނޑުގައި އަޅައިގެން ދުވަސް ފަށަނީ ފުޅާ ހިނިތުންވުމަކާއެކުގައެވެ. އެ މޫނުގައި އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ފެންނާކަށް ނުހުރެއެވެ. 'އުންމީދު ކަނޑާލުން' މިއީ މައިންގެ ބަސްފޮތުގައި އޮންނަ ބަހެއް ނޫނެވެ. އެއީ އެއަށްވުރެ މާ ހިތްވަރުގަދަ ބައެކެވެ. ފިލްމަކުން ނުފެނުނަސް އެއީ ދުނިޔެ ދެކެމުން އަންނަ ބަޠަލުންނެވެ. މަޝްހޫރު ނޫނަސް އެއީ ފަހުލަވާނުންނެވެ.

މައިން ކުރާ ބުރަ މަސައްކަތާއި ގުރުބާނީތަކަށް ލަފްޒުތަކަކުން ޝުކުރު އަދާކުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ.

މަންމައަކީ ހަޔާތުގެ ދިރުމެވެ. ކިތަންމެ ގިނަ ވަގުތު ފާއިތުވިޔަސް، ދިރިއުޅުން ކިތަންމެ ދުރަށް ދިއަސް، އެ ދިރުމަކީ އަބަދުވެސް އެކުގައި ވާނެ، މަގު ދައްކައިދީ، ހަގީގަތުގައި ދުވަހަކުވެސް އެކަނި ނުވާކަން ހަނދާންކޮށްދޭނެ ދިރުމެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި