1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހިދައުލަތަށް 37 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އަޙުމަދު މަނިކު ރިޓަޔަރ ކުރައްވައިފި

adyy
އަޙްމަދު މަނިކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައިބޭއްވި ކުޑަވަރެއްގެ ހަފުލާއއްގެ ތެރެއިން/ ފޮޓޯ:ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
366ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ދައުލަތަށް 37 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ލޮޖިސްޓިކްސް އޮފިސަރ އަޙްމަދު މަނިކު ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. އަޙްމަދު މަނިކުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި މިއަދު ޚާއްސަ ހަފްލާއެއް ބޭއްވުނެވެ.

އަޙްމަދު މަނިކު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި 37 އަހަރުގެ ދިގު މުއްދަތުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މެދުނުކެނޑި 22 އަހަރު ޚިދުމަތް ކޮށްދެއްވާފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހީމް ނަސްރީން ވިދާޅުވީ، "ޕީއެސްއެމް ހިންގަން މި ކުރަންޖެހޭ ހުރިހާ ކަމަކާއި ލޮޖިސްޓިކުގަ ކުރަންޖެހޭ ހުރިހާ ކަމެއް އެރޭންޖުކުރާ، އަދި އޭގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި، އަދި ސީނިއަރ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް 22 އަހަރުގެ ޚިދުމަތެއް ކޮށްދެއްވީތީ އަޅުގަނޑުގެ ހިތުގެ ފުންމިނުން އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ކަމަށެވެ.

300 × 250

އަޙްމަދު މަނިކު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1979 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ ގަވަރންމަންޓް ހޮސްޕިޓަލުގެ 2 ނަންބަރު ކާތިބުކަމެވެ. އޭގެފަހުން އެން.އެސް.އެސް.، ގަލޮޅު އަވަށު އޮފީސް، ނާކޮޓިކްސް ކޮންޓްރޯލް ބޯޑު އަދި ދިވެހިރާއްޖޭގެ އަޑުގައި ޚިދުމަތްކުރެއްވިއެވެ.

އަޙްމަދު މަނިކު 17 މާރިޗު 2002 ގައި ދައުލަތުގެ މީޑިއާއަށް ޙިދުމަތް ކުރައްވަން ފައްޓަވައި ޕަބްލިކް ސާރވިސް މީޑިއާއާ ގުޅިވަޑައިގަތެވެ. ޕީއެސްއެމްގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި، ލޮޖިސްޓިކް އެސިސްޓެންޓްކަމާއި، ލޮޖިސްޓިކް އޮފިސަރު ކަމާއި، ޓެކްނިކަލް އިކުއިޕްމަންޓް ޑިސްޕެޗް އޮފިސަރުކަން ހިމެނެއެވެ.

އަޙްމަދު މަނިކުގެ އަގުހުރި ޚިދުމަތް ފާހަގަކުރައްވާ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2024 ވަނަ އަހަރު އެމަނިކުފާނަށް އަރުވާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި