ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި އެކު، ހެލިފެލިވުން، ކަސްރަތު ކުރުން، ހިނގުން ފަދަ އާދަތަށް ވަނީ ވަރަށް ބޮޑު ތަނުން މަދުވެފައެވެ. ނަތިއްޖާއަކަށް ވެގެންދަނީ، ގިނަ އަދަދަކަށް މީހުންނަށް ފަލަވުމާއި، ބަރުދަން އިތުރުވުމުގެ މައްސަލަ ކުރިމަތިވެ، ތަފާތު ސިއްޙީ މައްސަލަތަށް ގިނަވުމެވެ.
ނަމަވެސް މިފަހަކަށް އައިސް، ގިނަ ފަރާތްތަކެއް ބަރުދަން ލުއިކުރުމަށް އަދި، ހަށިގަނޑު ހިއްކާލުމަށް ތަފާތު ޑައެޓް ޕްލޭންތަކާއި، ކަސްރަތު ކުރުން އިތުރު ވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ހަށިގަނޑު ހިއްކާލައި ބަރުދަން ލުއިކުރުމަށް ބޭނުންވާ ބައެއް ފަރާތްތަކުން، ބަރުދަން ލުއިކުރުމުގެ ނަމުގައި ރޭގަނޑު ނުކައި ނިިދުމަކީ މަދު ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް މިއީ މިކަމަށް އެންމެ ރަނގަޅު ގޮތްތޯ ބަލާލުން އެއީ ރަނގަޅު ކަމެކެވެ.
ސިއްޙަތާއި ބެހޭ މާހިރުން ބުނާގޮތުގައި ނިދުމުގެ ވަކި ވަގުތެއްގެ ކުރިން ކެއިންބުއިން ހުއްޓާލުމަކީ ރަނގަޅު އާދައެކެވެ. ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތަ ލިބޭ ކާނާ ކެވޭނަމަ ނިދުމުގެ ވަކި ވަގުތެއް ކުރިން ކެއިން ބުއިން ހުއްޓާލުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެކަމުގައި އެންމެ މޮޅުގޮތަކީ 24 ގަޑިއިރު ތެރޭގައި މައިގަނޑު ތިން ކެއުން ބޭނުންކުރުމާއި ދެ ކެއުން ދެމެދުގައި ސިއްހަތަށް ފައިދާހުރި ލުއިކާނާ ކެއުމެވެ. މިގޮތުން ރޭގަނޑުގެ ކެއުން ނިދުމުގެ މަދުވެގެން 4 ގަޑިއިރު ކުރިން ކާންވާނެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.