އެސްޓޯނިއާގެ ވެރިރަށް ޓެލިންގައި ހުންނަ ގްރީނާޖީ ޑޭޓާ ސެންޓަރު (ޖީޑީސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. މިއީ އެސްޓޯނިއާގެ ރައީސް، ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ޖީޑީސީއަށް ވަޑައިގަތުމުން ރައީސް މުއިއްޒަށް މަރުޙަބާ ދެންނެވީ އެ ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ މިސްޓަރ ކާރޓް އެވަރޓްގެ އިތުރުން ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކޭލްއެވެ. އޭގެފަހުން، ޖީޑީސީގެ ބާނީ އަލްފާޟިލް އުއްލާރު ޖައްސޫ ވަނީ ރައީސަށް އެ މަރުކަޒާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
މި ޕްރެޒެންޓޭޝަންގައި ޖައްސޫ ވަނީ ޖީޑީސީގެ މައިގަނޑު އަމާޒަކީ ޑިޖިޓަލައިޒޭޝަންގެ ޒަރިއްޔާއިން އެންމެން ގުޅިލާމެހިފައިވާ ޑިޖިޓަލް މުސްތަގުބަލެއް އެ ސެންޓަރުގެ ޕާޓްނަރުންނާ އެކު ކޯ-ކްރިއޭޓް ކުރުމަށް އެޑްވައިޒަރީ ރޯލެއް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.