1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ގަބުރުސްތާނުގެ އާބާތުރަ ފިލުވުމުގެ ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

1
ގަބުރުސްތާން ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން- އެނަމާ ކާރިޘާގައި ނިޔާވި ފަރާތްްތައް ވަޅުލެވިފައިވާ ސަރަޙައްދު- ފޮޓޯ: ތިނަދޫ ކައުންސިލް
ހުވަދޫ ނިއުސް ޓީމް
1,138ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ މުވައްޒަފުންނާއި ވޮލަންޓިއަރުން ގުޅިގެން ތިނަދޫ ގަބުރުސްތާނުގެ އާބާތުރަ ފިލުވުމުގެ ޚާއްސަ ހަރަކާތެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ. ތިނަދޫ ކައުންސިލް އިދާރާއިން އިސްނަގައިގެން، ކައުންސިލްގެ މުވައްޒަފުންނާއި، ވޮލަންޓިއަރުން ބައިވެރިކޮށްގެން ކުރިޔަށް ގެންދިޔުމަށް ރޭވުނު މިޚާއްސަ ހަރަކާތުގައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، ތިނަދޫ ކައުންސިލްގެ އޮފިޝަލް ސޯޝަލް މީޑިއާގައި ދައުވަތު ކުރިން އެރުވުނެވެ.

3
ތިނަދޫ ގަބުރުސްތާނު ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން- ފޮޓޯ: ތިނަދޫ ކައުންސިލް
300 × 250

ތިނަދޫ ގަބުރުސްތާނު ސާފުކޮށް އާބާތުރަ ފިލުވުމުގެ މިފަދަ ޙަރަކާތެއް ކައުންސިލުން އިސްނަގައިގެން އިންތިޒާމް މިކުރެވިގެންދިޔައީ، ގަބުރުސްތާނު، ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ނުކުރެވޭތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ.

2
ތިނަދޫ ގަބުރުސްތާނު ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން- ފޮޓޯ: ތިނަދޫ ކައުންސިލް

މިފަދަ ޙަރަކާތްތަށް މީގެ ކުރިންވެސް، ރައްޔިތުންނާއި، ސްކޫލް ދަރިވަރުން ބައިވެރިކޮށްގެން ކާމިޔާބުކަމާއެކު ތިނަދޫގައި ކުރިޔަށް ގެންދެވިފައިވެއެވެ. ރަށުތެރެއާއި، ގޯތި ގެދޮރު ސާފުކުރުމަށް ޚާއްސަ އިސްކަމެއް ކުރީގެ ރަށު އޮފީސްތަކުން ވަރަށް ފުރިހަމަޔަށް ގެންގޮސްފައިވާއިރު، އެގެއެއްގެ މަގުމަތި ކުނިކަހައި ވިނަ ނޮޅައި ސާފުކުރުމަކީ، ގޯތީގެ ވެރިފަރާތުގެ ޒިންމާއެއްގެ ގޮތުގައި ދެކެއެވެ. އަދި މަގުމަތި ސާފުކޮށް ކުނި ނުނަގާ ފަރާތްތަށް އޮފީހަށް ހާޒިރުކޮށް، މަގުމަތި ސާފުކުރުމަށް ކަތީބުން ނަސޭޙަތްތެރިވެއެވެ.

4
ތިނަދޫ ގަބުރުސްތާނު ސާފުކުރުމުގެ ޙަރަކާތުގެ ތެރެއިން- ފޮޓޯ: ތިނަދޫ ކައުންސިލް

މިހެން މިބީދައިން ނުވީނަމަވެސް، އަމިއްލަ ގެއާއި، ގޯތި އަދި ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކުން ވަރަށް މުހިންމެވެ. މިއީ ނުރައްކާތެރި ބަލިތަކުން ސަލާމަތް ވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.  

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ކުދޭ

    މިހާޜު ކުރީގެ ވާޙަކަދެއްކޭކަށްނެތް. ކަތީބުންގެ ޒަމާނުގަ ސަރުކާރަށް ލިބޭމަދު އާމްދަނީން ރައްރަށަށް ލިބެނީވަރަށްކުޑަ އެއްޗެއް. މިހާރުއެހެންތޯ؟ ކުނިއުކަން ނަގާފައޮންނަޕިކަޕަށްވެސް ދެވޭ 85000 ރުފިޔާ. ބިންކުއްޔަށް ދީގެން ލިބޭލާރިތައްކޮބާ؟ މިކައުންސިލް ެިންތިހާބްވިފަހުން މުޅިންވެސް މިފެންނަނީ ރައްޔިތު މަސައްކަތަށް ނެރެންއުޅޭތަން. ޢެކަމަކު އެސްޓިމޭޓްއަށް މަސައްކަތްކުރިކަމަށް ހަދާފަ ބަޖެޓްފައިސާކޮޅު ނަގަމުންދާކަން. ކައުންސިލް މުވަޒަފުން ބައިވރިކޮށްގެން ކުރަންވީ. ޏުވަތަ ބިންތައް ކުއްޔަށް ދިން ޢިރު ޢެފަރާތްތަކުން ކުރަންކަނޑައެޅި ކަންކަންކުތުވަންވީ. ޢޭރުން އޭގެޒާތުގަ ތަރައްގީ ފެންނާނެ.

ގުޅުންހުރި