ހުޅުމާލެ ފޭސް 2 ގައި ފަޔާ ހައިޑްރެންޓް ސިސްޓަމް ބަހައްޓަން މިއަދު ފަށައިފި އެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާތަކުގައި ފެން ނަގަން ބޭނުންކުރާ މި ސިސްޓަމް ބަހައްޓަނީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ކަމަށެވެ.
ބޮޑު ހޭދައެއް ކޮށްގެން ހިއްކައި، ތަރައްގީކުރި ހުޅުމާލެ 2 ޑިޒައިންކުރެވިފައިވަނީ ފަޔަ ހައިޑްރެންޓް ސިސްޓަމްތައް ވެސް ބަހައްޓާ ގޮތަށެވެ. ނަމަވެސް، އެ ސަރަޙައްދުގައި މީހުން އާބާދުވިތާ ފަސް އަހަރު ވީއިރު ވެސް މިހާތަނަށް މި ސިސްޓަމް ތަންފީޒުކުރެވިފައެއް ނުވެ އެވެ.
މިހާރު އެޗްޑީސީން ފަށާފައިވާ މި މަސައްކަތުގެ ދަށުން ބަހައްޓާ ސިސްޓަމްތަކުގެ ޖުމްލަ އަދަދެއް އަދި ސާފުކޮށް އެނގެން ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ހުޅުމާލެ 1 ގައި ވެސް ފަޔާ ހައިޑްރެންޓް ސިސްޓަމް ބަހައްޓާފައިވާ ކަމަށާއި، އިތުރު ސިސްޓަމް ބަހައްޓަން ފަންޑު ލިބުނު ނަމަވެސް، ބައެއް މަސައްކަތްތަކާ ހެދި މި ވަގުތު އެ މަސައްކަތް ވަނީ މަޑުޖެހިފައި ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.