ރާއްޖޭގެ ރަށްރަށުގައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުތައް މަޑުޖެހިފައިވަނީ ބޮޑު ހިލަ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށާއި، އެކަން ޙައްލުކޮށް އެމްޓީސީސީގެ އެހީއާއެކު ވަރަށް އަވަހަށް ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހުއްޓިފައި އޮތީ ބޮޑު ހިލަ ނުލިބިގެން ކަމަށެވެ. ހުޅުދުއްފާރުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ އިރު، އެ މަޝްރޫޢު ވެސް ހުއްޓިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ބޮޑު ހިލަ ސަޕްލައިކުރުމުގައި ދިމާވި ދަތިތައް މިހާރު ޙައްލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެހެންވީމާ ކުރިއަށް އޮތް މަސްތަކުގައި ޝެޑިއުލްއެއްގެ ތެރެއިން މި ރަށް ވެސް ހިމަނައިގެން އެމްޓީސީސީން ބޮޑު ހިލަ ޖައްސަން ޖެހިފައި ހުރި މަޝްރޫޢުތައް، އެއީ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ބަނދަރުގެ އެކި ކަހަލަ ކަންކަން ހިނގައިގަންނާނެ،" ރައީސް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.