ރ. ކިނޮޅަހުގައި އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފެވެ. މި އިމާރާތަކީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތެކެވެ.

ސަރުކާރުން މި މަޝްރޫޢުގެ ދަށުން އެންމެ ދަށްކޮށްހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖައްސާފައެވެ.

މިހާތަނަށް މި މަޝްރޫޢުގެ ދަށުން ކިނޮޅަސް ހިމެނޭހެން 4 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ކައުންސިލްތަކުގެ ޚިދުމަތް ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެކެވެ.