ޑްރަަގް އެންޑް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ދިވެހި އަންހެނަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާންކޮށްފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ހޯދުމަށް އިއުލާންކޮށްފައިވަނީ މާލެ/ފްރެސްލައިޓް، އާމިނަތު ޝިފާނާ (37 އަހަރު) އެވެ.

ފުލުހުން ކޮށްފައިވާ އިއުލާނުގައި ހާމަކޮށްފައިވަނީ ޑްރަގް އެންޑް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ސާރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް، 2025 ފެބްރުވަރީ 9 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް އަންގާކަމަށެވެ.