ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ހާމަކުރާ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ދާން ފަށައިފިއެވެ. މި ބަދަލު އައިސްފައިވަނީ ސަރުކާރުން ބޭރު ފައިސާގެ ނިޒާމަށް ގެންނަން ފެށި ބަދަލުތަކާ ގުޅިގެންނެވެ.
އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރިން ހަފްތާތަކުގައި 19.20 ރުފިޔާއަށް ހުރިއިރު މިހާރު އެ އަގު ވަނީ 50 ލާރި ދަށްވެފައި ކަމަށެވެ. ފިރާޤް މި ބަދަލު ސިފަކުރައްވާފައިވަނީ ވިޔަފާރިތަކަށް، ޚާއްޞަކޮށް އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ފަހި ދުވަހެއްގެ ގޮތުގައެވެ.
https://twitter.com/mohamedfiraq/status/1885682638192812091?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1885682638192812091%7Ctwgr%5Ea450222d24c8aecb59c5ecf905b7ee549962ccc8%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F151854







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.