އުރީދޫގެ މޫލީއިން ވިޔަފާރިކޮށްގެން ސާފް ޗެމްޕިއަންޝިޕްގެ މެޗެއް ބަލާލަން ހިލޭ ޓިކެޓެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އުރީދޫން ބުނާގޮތުގައި މިދުވަސްވަރު މޫލީއިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ޓިކެޓެއް ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި އެފަރާތަކުން ބޭނުންވާ މެޗެއް އިހުތިޔާރުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށާއި ބޭނުންވާ މެޗަކަށް ޓިކެޓް ލިބޭނެކަމަށް އުރީދުން ވަނީ ހާމަކޮށްފައެވެ.
މިއޮފާރގެ ދަށުން މެޗް އޮންނަ ކޮންމެ ދުވަހަކު ގުރުއަތު ނަގާނެއެވެ. އެގޮތުން ބަލާލާއިރު ދެން އެންމެ އަވަހަށް ސާފްޗެމްޕިއަންޝިޕްގެ މެޗެއް އޮންނާނީ މިމަހު 7 ވަނަ ދުވަހުގައެވެ. އެދުވަހު ހަވީރު ކުޅެން ހަމަޖެހިފައިވަނީ އިންޑިޔާ އަދި ސްރީ ލަންކާއެވެ. އެދުވަހުގެ ރޭ ރާއްޖެއާ ބަންގްލަދޭޝް ކުޅޭ މެޗްވެސް ވަނީ ތާވަލްކުރެވިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.