އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން، ކ. އަތޮޅުގެ ގާފަރު، ކާށިދޫ އަދި ދިއްފުށީގައި ނާޒުކު ހާލުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތަކީ އެ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ކ. ދިއްފުށީގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، އެރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ވަނީ ދެނެގަނެވިފައެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ކ. އަތޮޅުގެ ގާފަރު، ކާށިދޫ އަދި ދިއްފުށީގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެވި، އެފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ޕްރޮގްރާމް ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.