1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ނޮބްލް ކަލަޑޯނިއޯގެ ލަގްޒަރީ ކްރޫޒް ޝިޕަކުން އައްޑޫއަށް ސަތޭކައެއްހައި ފަތުރުވެރިން!

col3
ނޮބްލް ކަލަޑޯނިއޯގެ ލަގްޒަރީ ކްރޫޒް ޝިޕް 'އެމްއެސް ހެބްރިޑިއަން ސްކައި އިން ޒިޔާރަތް ކުރި ފަތުރުވެރިން އައްޑޫސިޓީގައި / ފޮޓޯ:އައްޑޫސިޓީކައުންސިލް
މަރްޔަމް ޝަފާ ސައީދު
454ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނޮބްލް ކަލަޑޯނިއޯގެ ލަގްޒަރީ ކްރޫޒް ޝިޕް 'އެމްއެސް ހެބްރިޑިއަން ސްކައި' އިން ގާތްގަނޑަކަށް 100 ފަތުރުވެރިން މިއަދު ހެނދުނު އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފިއެވެ. މި ފަތުރުވެރިންގެ ތެރޭގައި ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

collނޮބްލް ކަލަޑޯނިއޯގެ ލަގްޒަރީ ކްރޫޒް ޝިޕް 'އެމްއެސް ހެބްރިޑިއަން ސްކައި / ފޮޓޯ:އައްޑޫސިޓީކައުންސިލް

އުޅަނދު ބަނދަރުކުރީ މަރަދޫ ބަނދަރަށެވެ. ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އައްޑޫ ސިޓީ ކައުންސިލާއި މަރަދޫ އަވަށު އޮފީހުގެ އިސްވެރިންނާއި އާންމު ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

300 × 250

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ސަގާފަތް ދައްކުވައިދޭ ޙަރަކާތްތަކެއް ބޭއްވުނެވެ. މީގެ އިތުރުން، ސަގާފީ ތަކެތި ވެސް ފަތުރުވެރިންނަށް ދެއްކުން އޮތެވެ.

col5ނޮބްލް ކަލަޑޯނިއޯގެ ލަގްޒަރީ ކްރޫޒް ޝިޕް 'އެމްއެސް ހެބްރިޑިއަން ސްކައި އިން ޒިޔާރަތް ކުރި ފަތުރުވެރިން އައްޑޫސިޓީގައި / ފޮޓޯ:އައްޑޫސިޓީކައުންސިލް

ރަސްމިއްޔާތަށްފަހު، އައްޑޫގެ އީކޯ ޓޫރިޒަމް އާއި މެރިން ކޮންޒަވޭޝަނަށް މަސައްކަތްކުރާ މަންޓާ އެކްސްޕެޑިޝަންސް ގްރޫޕުން ވަނީ ފަތުރުވެރިންނަށް އައްޑޫގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ޓުއަރެއް ހިންގާފައެވެ.

ފަތުރުވެރިން މިދަތުރުގައި އައްޑޫ ނޭޗަރ ޕާކަށާއި އައްޑޫގެ ތާރީޚު ދައްކުވައިދޭ 'ކޮށިދޮރަގެ އައްޑޫ ހެރިޓޭޖް ހައުސް' އަށް ޒިޔާރަތްކުރިއެވެ.

އެމްއެސް ހެބްރިޑިއަން ސްކައިއަކީ ކުޑަ ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ކްރޫޒް ޝިޕެކެވެ. މިއީ މިފަދަ ކުދި ކްރޫޒް ޝިޕްތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް އުޅަނދު ކަމުގައި ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި