1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގާސިމް، މާމިގިލީގައި މިސްކިތެއް ބިނާ ކޮށްދެއްވައިފި

mag3
ގާސިމް، އިއްޔެ މިސްކިތް ހުޅުއްވައި ދެއްވުމުގެ ތެރެއިން / ފޮޓޯ؛ މާމިގިލީ ކައުންސިލް
ޝަފްޢަތު ، ހުވަދޫ މީޑީއާ
534ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު,  މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ޚަރަދުގައި، އދ.މާމިގިލީ ރައްޔިތުންނަށް މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ.

މަސްޖިދުއް ޒިކުރާގެ ނަމުގައި ނަންދެވިފައިވާ މި މިސްކިތް ހުޅުވައިދެއްވީ ޤާސިމް އިބްރާހީމް އަމިއްލަފުޅަށެވެ. މިސްކިތް ހުޅުވާފައިވަނީ, އިއްޔެ، ހުކުރު ދުވަހުގެ މަޣުރިބު ނަމާދަށެވެ.

mag1ގާސިމް، އިއްޔެ މިސްކިތް ހުޅުއްވައި ދެއްވަނީ.

300 × 250

މާމިގިލީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މިސްކިތް އިމާރާތްކޮށްފައިވަނީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. މިސްކިތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. މިސްކިތް އިމާރާތްކުރުމަށް ހޭދަވެފައިވަނީ 57 ދުވަހެވެ.

2000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މާމިގިލީގައި މިވަގުތު ޤާސިމް އިބްރާހީމްގެ ޚަރަދުގައި އިތުރު ދެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

mag2

މީގެ އިތުރުން އަރިއަތޮޅުގެ އެކި ރަށްރަށުގެ މިސްކިތްތައް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ޤާސިމް އިބްރާހީމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ޤާސި\މަކީ މާމިގިލި އަދި ފެންފުށީގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިވަޑައިގެންފައިވާ ޝަޚްޞިއްޔަތެކެވެ.

ޤާސިމް އިބްރާހީމްގެ ޚަރަދުގައި އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައިވެސް މިސްކިތެއް ވަނީ އިމާރާތްކޮށްދެއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި