1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

sadaas
އިމިގްރޭޝަނުން މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގެ ޔތެރެއިން / ފޮޓޯ:އިމިގްރޭޝަން
މަރްޔަމް ޝަފާ ސައީދު
266ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ އިމިގްރޭޝަން އޮތޯރިޓީން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ސައްޚަ ވިސާ ނެތި ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގުނު މި އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއް އަދި ކެފޭއެއް ބަލައި ފާސްކުރެވުނެވެ. މި އޮޕަރޭޝަންގެ ދަށުން، ޞައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ހަމަމިއާއެކު، މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގަމުންދާ ފަސް ވަރަކަށް ކުދި މާރުކޭޓެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަައެވެ..

300 × 250

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއް އެކުލަވާލާފައެވެ. ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ އިތުރުން، ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށްޓަކައި، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް ކުރިއަށް ގެންދެއެވެ.

މި މަސައްކަތްތަކަކީ ރާއްޖޭގެ އިމިގްރޭޝަން ނިޒާމު ހަރުދަނާކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި