1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކޮންމެ ކުއްޖަކީވެސް ތަފާތުކުރުމެއް ނެތި މުހިންމު ކުއްޖެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ: ސެކަންޑް ލޭޑީ

WhatsApp Image 2025-02-23 at 20.11.33
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިން ހިންގި ޕްރޮގްރާމެއްގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވާހަކަފުޅު ދައްކަވަނީ
ފާތިމަތު އިޝާ
290ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންމެ ކުއްޖަކީވެސް ތަފާތުކުރުމެއް ނެތި މުހިންމު ކުއްޖެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

އަފްރީން މިހެން ވިދާޅުވީ އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރުން ޤައުމެއް ތަރައްޤީވެ، ކުރިއަރައިގެން ދާނީ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ދެވިގެންކަމަށް ވެސް އަފްރީން ވަނީ ހާމަކޮށްފައެވެ.

300 × 250

އަފްރީންގެ ވާހަކަފުޅުގައި ހެޔޮ އަޙްލާގެއް ލިބިފައިވާ ތަޢުލީމީ ޖީލެއް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން، ކިޔަވާ ކުދިންނަކީ ޤައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ އަސާސްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީވެސް މިފަދަ ޖީލެއް ބިނާކުރުންކަން އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށް މުދައްރިސުންނާއި ބެލެނިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، ކުރިމަގުގައި އިތުރު ތަޢުލީމީ ހަރުފަތްތަކުން ކާމިޔާބު ހޯދާނެކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 154 ދަރިވަރުންނަށް ވަނީ ސަނަދު ހަވާލުކުރެވިފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ އަމިއްލަފުޅަށް ދަރިވަރުންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި