1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ސަރުކާރުން 19 މެގަވޮޓްގެ ސޯލާ ޕީވީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތިމާވެއްޓާބެހޭ ވުޒާރާ

great
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް
މަރްޔަމް ޝަފާ ސައީދު
164ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި އައުކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 19 މެގަވޮޓްގެ ސޯލާ ޕީވީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް މިހެން ވިދާޅުވީ މިއަދު މާލޭގައި ބޭއްވުނު "ކޮންވަޒޭޝަން އޮން ކްލީން އެނާޖީ އެންޑް ކްލައިމެޓް ޗޭންޖް މިޓިގޭޝަން" ގެ ނަމުގައި ބޭއްވުނު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމަކީ ބްރިޓިޝް ހައި ކޮމިޝަނުގެ އިސްނެގުމަކާއެކު ވިލާ ކޮލެޖާއި ޔޫއެންޑީޕީއިން ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

ސްޓޭޓް މިނިސްޓަރިނިސްޓަރ ފާއިޒް ވިދާޅުވީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށެވެ. އަދި ކަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުމާއި، މޫސުމީ ނުރައްކާތެރި ހާދިސާތައް އިތުރުވަމުން ދާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

300 × 250

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޤައުމު ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަޕްޑޭޓްކުރެވިފައިވާ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) އެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ފޮސިލް ފިއުލް އެތެރެކުރުމަށާއި، ރައްޔިތުންނަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި އަހަރަކު 150 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޚަރަދުކުރަމުންދާކަމަށެވެ. މި ޚަރަދުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އައުކުރަނިވި ހަކަތައިގެ ޖުމްލަ އިންސްޓޯލްކުރެވިފައިވާ ކެޕޭސިޓީއަކީ 53 މެގަވޮޓް. އަދި އޭގެ ފަހުން އަޅުގަނޑުމެން ވާނީ އިތުރު 17 މެގަވޮޓް އިތުރުކޮށްފަ. އަޅުގަނޑުމެން އިތުރު 19 މެގަވ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި