1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރޭގެ މެޗުގައި ތަފާތު ކަމެއް ދައްކާލި "އަހަރެންގެ ބަންގާޅު ފުރެންޑް"

244393247_4804165129593575_1039350816968454392_n
ހުވަދޫ ނިއުސް ޓީމް
618ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގައި މިހާރު ކުޅެމުންދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ އަވަށްޓެރި ބަންގްޅަދޭޝް އާއި ދިވެހިރާއްޖެ ރޭ ކުޅުނު މެޗުގައި ބަންގްޅަދޭޝްގެ ގިނަ ސަޕޯޓަރުންގެ ކިބައިން ފެނިގެންދިޔައީ ދިވެހިރާއްޖެއަށް އެމީހުން ކުރާ އިޚްތިރާމާއި ލޯތްބެވެ.

ބަންގްލަދޭޝް މަދު ސަޕޯޓަރުންނަށް މެޗު ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔަ ނަމަވެސް އެމީހުންނެކޭ ދިވެހިންނެކޭ ވަކި ތަފާތެއް ނެތެވެ. ބޯޑެއްގައި "އައި ލަވް ބަންގްލަދޭޝް، ވީ ރެސްޕެކްޓް މޯލްޑިވްސް" ލިޔެ އެބޯޑު ނަގައިގެން ހުރި ބަންގްލަދޭޝް ސަޕޯޓަރަށް ގިނަ ދިވެހިން ތައުރީފާއި އިހްތިރާމްގެ ބަސްތައް މީސްމީޑިއާގައި އޮހެމުންދާއިރު ބައެއް ދިވެހިން ބަންގްލަދޭޝްގެ މީހުންނަށް މަލާމާތް ކުރާކަންވެސް ފާހަގަކޮށްލެވެއެވެ.

243465320_239302778166143_1018490823004204632_n

300 × 250

އަހަރުމެންގެ ބަންގާޅު ފުރެންޑުން އިއްޔެވެސް އެމީހުންގެ ޓީމަށް ސަޕޯޓު ކުރަން ދިޔައީ ދިވެހި ދިދައާއެކުއެވެ. އެމީހުންގެ ހިތުގައި ދިވެހިރާއްޖެ އަށް އޮތް ލޯތްބާއި އިޚްތިރާމް ދައްކަމުންނެެވެ. ދިވެހި ޓީމު އެހެން ޓީމުތަކާ އެކީ ކުޅޭ މެޗުތަކުގައި ދިވެހި ޓީމަށް ސަޕޯޓު ކުރަންވެސް އަހަރުމެންގެ ބަންގާޅު ފުރެންޑުނެ ދާކަމީ އެކަމުގެ ހެއްކެކެވެ.

ހަގީގަތުގައިވެސް ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަކީ އަޅުގަނޑުމެންނަށް އެމީހުންނާ ނުލާ އުޅެވޭނެ ބައެއް ނޫނެވެ. ކޮންމެ މަސައްކަތެއް ކުރިޔަސް އެމީހުންނެވެ. ނަމަވެސް އެމީހުން ކުރާ މަސައްކަތުގެ އަގު އަޅުގަނޑުމެން ދިވެހިންނަށް ވަޒަން ކުރެވޭހެއްޔެވެ!

ފޮޓޯ: އަދަދު

އެއްވެސް މީހަކީ ނިކަމެތި މީހެއް ކަމުގައި ދެކިގެން އެއްވެސް ބަޔަކަށް ވަކި މޮޅެއް ނުލިބޭނެއެވެ. ބަންގާޅީންނަކީ ދިވެހީންގެ ބައެކެވެ. އެމީހުން އަހަރުމެންނަށް ކުރާ އިޚްތިރާމް އަހަރުމެންވެސް އެމީހުންނަށް ކުރަން ޖެހެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި