1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ކުޅުދުއްފުށިސިޓީޣައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމް އެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފި

ath
ކުޅުދުއްފުށި ސިޓީގައި، ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވަނީ
މަރްޔަމް ޝަފާ ސައީދު
147ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޅުދުއްފުށި ސިޓީގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި

ކުޅުދުއްފުށި ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ބެހެއްޓި އޭޓީއެމްއެކެވެ.

ކުޅުދުއްފުށީގައި ބެހެއްޓި މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

300 × 250

ބީއެމްއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވުނު ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެއެވެ. އަދި ސިޓީގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުންވެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތްތައް މި އޭޓީއެމްއިން ލިބޭނެއެވެ.

އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކު ކަމަށާއި، އެ ބޭންކުން ތަޢާރަފުކުރާ ކޮންމެ ޚިދުމަތްތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި މި ޑޮލަރު އޭޓީއެމް ބެމް ބެހެއްޓިފައިވާއިރު، އެ ސަރަހައްދުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހަނިމާދޫ އެއަރޕޯޓު ތަރައްޤީވެގެންދިއުމާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އައްޑޫގައިވެސް ވަނީ ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައެވެ. މީގެ އިތުރުން މާފުށީގައި މިދިޔަ އަހަރު ޑޮލަރު އޭޓީއެމްއެއް ބަހައްޓާފައިވާއިރު، މި ރަށްރަށުގެ އިތުރުން ޑޮލަރު އޭޓީއެމް ބަހައްޓާފައޓާފައިވަނީ މާލެ، ހުޅުމާލެ އަދި ވެލާނާ އެއަރޕޯޓުގައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ. މި މަސައްކަތުގެ ދަށުން މި ހަފްތާގައި މުޅި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ބަހައްޓާ ނިންމާފައެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި