1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހަދައި، އަޅުކަންތަކަށް ސަމާލުވާށެވެ!

oj
ޝާމިން ސަޢީދު
199ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހަދައި، މި މާތް މަހުގައި އަޅުކަންތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.

އުސްތާޛު ސަޢުދާން މިހެން ވިދާޅުވީ "ނުރަނގަޅު އާދަތައް ދޫކުރުން" މި މަޢުޟޫއަށް ގދ. ގައްދޫގައި ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ. މި ފޯރަމްގައި އިސްރާފުކުރުމާއި، ދޮގު ވާހަކަ ފެތުރުމާއި، މުދަލަށް ޚިޔާނާތްތެރިވުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ސްޓޭޓް މިނިސްޓަރު ސަޢުދާން ވިދާޅުވީ އިސްރާފް ކުރުމަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އިޖްތިމާއީ އަދި އިޤްތިސާދީ ބަލިމަޑުކަމެއް ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އަހަރުގެ އާންމު މަސްތަކުގައި ކާބޯތަކެތި ތިން އިރަށް ތައްޔާރުކުރާވަރަށް ރޯދަމަހު ރޯދަ ވީއްލުމަށް އިސްރާފު ވާވަރަށް ކާބޯތަކެތި ތައްޔާރުކުރާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

300 × 250

މީގެ އިތުރުން، އެކި މުނާސަބުތަކާ ގުޅިގެން ފަރުނީޗަރު ފަދަ ތަކެތި އާކުރާއިރު، ބޭނުން ހިފޭ ތަކެތިވެސް އިސްރާފުވާގޮތަށް އުކާލާކަން ފާހަގަކުރައްވައި، ވީހާވެސް އިސްރާފު ކުޑަކުރުމަށް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން އެދިވަޑައިގެންނެވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަތޮޅުތެރޭގެ އިޙްޔާ ފޯރަމްތައް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ.

މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި