1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއިން ފައިސާ ޗާޕްކުރުން ހުއްޓާނުލައިފިނަމަ އިޤްތިސާދީ އަޑިގަނޑަކަށް ޤައުމު ވެއްޓޭނެ: އައިއެމްއެފް

111819_3_ee527890715c4f40d1835ae02525cd7e4e89c23e_medium
ޢަޒީޒާ އަފީފް
653ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއިން ފައިސާ ޗާޕްކުރުން ހުއްޓާލަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އައިއެމްއެފުން ބުނާގޮތުގައި ރާއްޖޭގައި ޑޮލަރުގެ އަގު 15.42 ގައި ހިފެހެއްޓުމަށްޓަކައި ރާއްޖެއިން ދިވެހި ރުފިޔާ ޗާޕްކުރުން ހުއްޓާލަން ޖެހެއެވެ. އަދި ފައިސާ ޗާޕްކުރުން ހުއްޓައިނުލައިފިނަމަ ދިވެހިރާއްޖެއަށް އިޤްތިސާދީ ބޮޑުދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށާއި މިއަހަރު އިންފްލޭޝަން ރޭޓް %1.4 އަދި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް %2.3 އުފުލޭނެ އުފުލޭނެ ކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދާމެދު ވޯލްޑް ބެންކުންވެސް ވަނީ މިދިޔަ ހަފްތާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ކްރެޑިޓް ރޭޓިން ފާމްތަކުން ވެސްދަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތާމެދު ކަންބޮޑުވާކަމަށް ބުނެފައެވެ.

300 × 250

އިޤްތިސާދީގޮތުން ރާއްޖެ ދަށަށް ދާން ފެށުމުން މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދިވެހި ސަރުކާރުންވަނީ ރައްޔިތުންގެ މަޖިލީހުން ހޯދާފައެވެ. އެހެންނަމަވެސް އެއް އަހަރުދުވަހަށް ހޯދާފައިވާ މިހުއްދަ މުއްދަތު ހަމަވެގެން އަނެއްކާވެސް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ.

އައިއެމްއެފުން ބުނާގޮތުގައި ދިވެހި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާނުލައިފިނަމަ ސްރީލަންކާގެ އިޤްތިސާދަށް އައިކަހަލަ ބޮޑު ލޮޅުމެއް ރާއްޖެއަށް ވެސް ކުރިމަތިވެދާނެ ކަމަށެވެ.

ސްރީލަންކާ އިން ވެސް 2014 ވަނަ އަހަރުން ފެށިގެން ފައިސާ ޗާޕްކޮށް، މާކެޓަށް ނެރުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އިގްތިސޯދީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހުމެވެ. މިހާރު އެގައުމު އޮތީ ސަވަރިން ޑިފޯލްޓަކަށް ދިއުމުގެ މަގުމަތީގައި ކަމަށް އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި