ހައްގު މަގުގައި ސާބިތުވެ ހުރުމަށް، ރަނގަޅު މީހުންނާއެކު އުޅުމަކީ އެންމެ މުހިންމު އެއް ކަންތައްކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު ރޭ ވިދާޅުވެއްޖެއެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބޭއްވި 3 ވަނަ ފޯރަމްގައި ވާހަކަދައްކަވަމުން ޝެއިޚް ސަމީރު ވިދާޅުވީ، ރަސޫލާ ﷺ ގެ ހަދީޘް ބަސްފުޅުން، "މީހާ ވަނީ އޭނާގެ އެކުވެރިޔާގެ ދީނުގައި" ކަން އެނގޭ ކަމަށެވެ. އެހެންކަމުން ހެޔޮ މީހުންނާއެކު އުޅެ ހެޔޮ މަޖިލިސްތަކަށް އައި ހެދުމަކީ މުހިންމު ކަމެއްކަން ޝެއިޚް ފާހަގަފާހަގަކުރެއްވިއެވެ.
ޝެއިޚް ސަމީރު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ ރާއްޖޭގައި ދީނީ ނަސޭޙަތް ދޭކަން ނޭނގޭ މީހުންވެސް. މި ރާއްޖޭގައި ހެޔޮ ކަމުގެ ކަންކަން ހިނގާކަން މާ ބޮޑަށް ސަމާލުކަން ނުދޭ މީހުންވެސް އުޅޭނެ. އަނެއް ބަޔަކު ޔަކު ހަމަ، އިސްލާމިކް މިނިސްޓްރީގެ ހުރިހާ ޓުވިޓާ އެކައުންޓާ ފޭސްބުކު ފޮލޯކޮށް، ދަރުސްތަކާއެއްޗެހި ޓިކްކޮށް، ގޭގައި ހިއްޕައިގެން، ވޯލްޑްކަޕް ބަލާހެން ދަރުސް ތަކަށް އަންނަ މީހުންވެސް އުޅޭނެ."
ކަންމިހެން ހުރުމުން، ހެޔޮ މީހުންނާއެކު ހެޔޮ މަޖިލިސް ތަކަށް އައުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ޝެއިޚް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްޓަކައި މާތް الله އަށް ޝުކުރުވެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޝެއިޚް ސަމީރު އިތުރަށް ވިދާޅުވީ، "ޚާއްސަކޮށް ޒުވާނުން ވިޔާނުދާ ފަސާދަކުރާ މީހުންނާއެކުގައި އެމީހުންނަށް މަޖިލިސް ކުރާ ކަމުގައި ވަނީނަމަ، ހަދީޘްގައި އޮންނަ ފަދައިން، އެކުވެރިޔާގެ މިސާލަކީ ގިރުނބާ ދަމާ މީހަކާ އަތަރުވިއްކާ މީހާގެ މިސާލޭ. ގިރުނބާ ދަމާ މީހާ ކައިރީ އިންނަންޏާ އޭނާ ގައިން ނުބައި ވަސް ދުވާނެ. ހެދުންވެސް ހެދުމުގައި ކަނި އައިސް ޖެހި ހެދުން ވިރި، އޭނާގެ ފަރާތުން ނެތް ހެވެއް. އެކަމަކު އަތަރު ވިއްކާ މީހާ ކައިރިން އޭނާ އެއްޗެއް ގަނެވެސްދާނެ. ނޫނީ ހަދިޔާއަކަށްވެސް ދީ ފާނެ. ނޫނީ އެއްޗެއް ނުގަތަސް ހަދިޔާއެއް ނުދިނަސް އޭނާ އެތާ އިންނަންޏާ އޭނާ ގައިން މީރުވަސް ދުވާނެ."








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.