1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ސޯލިހާއި، ނަޝީދު މިއަދު ވަނީ ޤައުމަށް ޣައްދާރުވެފައި - ޖަމީލް

ހުވަދޫ ނިއުސް ޓީމް
696ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގައުމަށް ޣައްދާރުވެފައި ކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އާއި ރައީސް ނަޝީދު ޓެގް ކޮށް، ޑރ ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ކޮންމެ ވެރިކަމަކުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުރައްކާ ވާ ކަމަށާއި، ޖީއެމްއާރަށް އެއާޕޯޓު ވިއްކައި ރައްޔިތުންނަށް އަނިޔާދިން ރައީސް ސޯލިހާއި ރައީސް ނަޝީދު މިއަދު ވަނީ ގައުމަށް ޤައްދާރުވެފައި ކަމަށެވެ.

https://twitter.com/MJameelAhmed/status/1447790793289175040

300 × 250

އަދި ބޭރު ސިފައިންނަށް ރާއްޖޭގައި ގާއިމްވެގެން ނުތިބެވޭނެ ކަމަށާއި، އެފަދަ ފުރުސަދެއް ދޭ ވެރިކަމެއް ނިންމަން ޖެހޭ ކަމަށްވެސް ޑރ ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިނިވަންދުވަހު ކުރެއްވި ޓުވީޓެއްގައިވެސް ޑރ ޖަމީލް ވަނީ މިމޭރުމުން ވާހަކަދައްކަވާފައެވެ. އެގޮތުން އެދުވަހު ކުރެއްވި ޓުވީޓެއްގައި ޑރ ޖަމީލް ވިދާޅުވެފައިވަނީ މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައިވަނީ ވެރިން ޤައުމަށް ޤައްދާރުވުމުން ކަމަށާއި، މިހާރު އޮތީ އެފަދަ ވެރިކަމެއް ކަމަށެވެ.  އަދި ކޮންމެ ނޭވާއެއް މިފަސްގަނޑު މިލަނީ ހާސްކަމާއި ބިރުވެރިކަމުގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ މައްސަލައިގައި އަޑުއުފުލަމުން ދާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު ގެންދަވަނީ "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި