މުޅި ރާއްޖެއަށް ސާފު ފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓްގައި، އެންމެހައި ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ. "ގްލޭސިއާ ޕްރިވެންޝަން" މި ޝިއާރުގެ ދަށުން މިއަހަރުގެ ފެނުގެ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ފާހަގަކުރެއްވިއެވެ. https://twitter.com/MMuizzu/status/1903357142964506822?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1903357142964506822%7Ctwgr%5E9cf8c14dc604ac05d13d8ea891a514e08471289b%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F154611 1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައެވެ. ގްލޭސިއާ ނުވަތަ އުސްފަރުބަދަތައް މަތީގައާއި ދުނިޔޭގެ އުތުރާއި ދެކުނު ތަނޑީގައި ހުންނަ ގަނޑުފެން ވިރެމުންދާ މައްސަލައަކީ ތިމާވެށީގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މުޅި ރާއްޖެއަށް ސާފު ފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު: ރައީސް

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.