1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރޮބިންސަން ކްލަބްގެ އެހީގައި މަޑަވެލީކައުންސިލުން އެރަށު ސުކޫލުގެ ކުލާސްތައް އޭސީ ކޮށްފި

WhatsApp Image 2025-03-23 at 21.31.36
ގދ. މަޑަވެލީ ސްކޫލުގައި އެރަށު ކައުންސިލްގެ އާމްދަނީއިން އޭސީ ހަރުކޮށްދީފި
ފާތިމަތު އިޝާ
1,682ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރޮބިންސަން ކްލަބް މޯލްޑިވްސް ގެ އެހީތެރިކަމާއެކު، ގދ. މަޑަވެލީ ކައުންސިލުން އެރަށު ސުކޫލުގެ ކުލާސްރޫމުތައް އޭސީ ކޮށްފިއެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ހުވަދޫ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޑަވެލީ ސްކޫލުގެ ކުލާސްތަކުގައި ޖުމްލަ 15 އޭސީ ހަރުކޮށް ނިންމާފައިވާ ކަމަށާއި އަދިވެސް އިތުރު 5 އޭސީގެ އެހީ އެ ސުކޫލަށް ލިބިގެންދާނެ ކަމަށެވެ. އަދި މި އޭސީތައް ހަރުކުރުމުގެ މަސައްކަތަކީ ރޮބިންސަން ކްލަބް މޯލްޑިވްސްގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްދިޔަ މަސައްކަތެއްކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މަޑަވެލީ ސުކޫލުގެ ކުލާސްތަކުގައި އޭސީހަރުކުރުމުގެ މަސައްކަތަށް ބަލާލާއިރު، ޖުމުލަ 15 އިންޑޯ-އައުޓްޑޯ ޔުނިޓް ވަނީ ހަރުކޮށްފައެވެ. މި މަސަައްކަތަށް ބޭނުންވާ އެއަރކޮންޑިޝަނަރ އާއި ކަރަންޓު ވައިރިންގ ރަނގަޅު ކުރުމާއި، އޭސީ އިންސްޓޯލް ކުރުމުގެ މަސަައްކަތްތައް އެހާ ފުރިހަމައަށް ކާމިޔާބުކަމާއެކު ނިމި އޭސީ ބޭނުން ކުރަން ފަށާފައިވަނީ ރޮބިންސަން މޯލްޑިވްސްގެ ދީލަތި އެހީއާއެކު މަޑަވެލީ ކައުންސިލުގެ އެއްބާރުލުން އެކުވެގެންނެވެ.

300 × 250

ކުލާސްރޫމުތައް އޭސީކުރުމުގެ މަގުސަދަކީ ދަރިވަރުން އުނގެނުމަށް ވީހާވެސް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދެއްވުން ކަމަށް ވިދާޅުވުމާއެކު ކައުންސިލްގެ ރައީސް ވަނީ ރޮބިންސަން ކްލަބް މޯލްޑިވްސްގެ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައެވެ.

WhatsApp Image 2025-03-23 at 21.32.02ގދ. މަޑަވެލީ ސްކޫލުގައި އެރަށު ކައުންސިލްގެ އާމްދަނީއިން އޭސީ ހަރުކޮށްދީފި

މަޑަވެލީ ކައުންސިލްގެ އަމާޒަކީ އަބަދުވެސް ރަށާއި ރަށުގެ ރައްޔިތުންގެ ބޭނުންތަކަށް ހާއްސަ އިސްކަމެއް ދީގެން ރަށުގެ ރައްޔިތުންނަށް އުފާވެރި އަމާން ހަމަޖެހޭ މާހައުލެއް ގާއިމުވެފައި އޮތުމެވެ.

މަޑަވެލި ކައުންސިލުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ރަށުގެ ތަޢުލީމީ ދާއިރާއަށް ކައުންސިލުން ދެއްވާ އިސްކަމުގެ ހެއްކެކެވެ. އަދި މިފަދަ މަޝްރޫޢުތަކަކީ ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މަޑަވެލީ ކައުންސިލުން ސްކޫލް އޭސީ ހަރުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްފައިވާއިރު ދާދި ފަހުން އެ އަތޮޅު ފިޔޯރީ ކައުންސިލުން ވެސް ވަނީ ފިޔޯރީ ސްކޫލްގައި އޭސީ ހަރުކުރުމުގެ މަޝްރޫޢެއް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި