މީސްމީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓެލެގްރާމްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަސާއިދު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ، އެކި ދުވަސްވަރު މަތިން އެކި މީހުންގެ މީސްމީޑިއާ އެކައުންޓު ތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތުތަކާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމްއާއި އެހެނިހެން މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް 11 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މަސާއިދު މައްޗަށް ކޮށްފައިވާ ދައުވާތައް:
- އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ - އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ - އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ - އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ - އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ - އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ - އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ޕީޖީން މިއަދު ވިދާޅުވީ، އޭނާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.